ރައީސް ނަޝީދަކީ އިނާޔަތް ހައްގުވާ ބޭފުޅެއްނޫން: މަހުލޫފް

ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގައި ވާގޮތުގެ މަތީން ކުރީގެ ރައީސް ނަޝީދަށް އިނާޔަތްތަކާއި ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭކަމަށް ގަބޫލް ނުކުރައްވާކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސުންނަށް ދޭން ކަޑައަޅާފައިވާ އިނާޔަތްތަކާއި، ހިމާޔަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ، މިފަދަ އިނާޔަތްތަކެއް ދޭންޖެހޭނީ ގާނޫނީ ގޮތުން ކުއްވެރިނުވެ، އަދި އެފަދަ އިނާޔަތްތަކުން އިޖުތިމާއީ މަސައްކަތްތައްކޮށް ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމަށްކަމަށެވެ. ކުރީގެ ރައީސް މައުމޫނަށް ދައުލަތުން ދޭ މި އިނާޔަތްތަކުން އެމަނިކުފާނު އެފަދަ ހިދުމަތްތަކެއް ކުރައްވަމުން ގެންދެވި ނަމަވެސް ކުރީގެ ރައީސް ނަޝީދުގެ ކިބައިން ފެނިގެން ގޮސްފައިވަނީ އެފައިސާ ނަންގަވައިގެން ގައުމާއި، ރައްޔިތުންނަށް ގެއްލުންހުރި ގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރުކަމަށް މަހުލޫފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަން މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް  މުހައްމަދު ނަޝީދުގެ  އޮފީސް ހުންނަތަން ނޭގޭކަމަށް ބުނެ ފިނޭންސް މިނިސްޓަރީން އެމަނިކުފާނަށް އޮފީސް ހަރަދު ދިނުން ވަނީ ހުއްޓައިލާފަ އެވެ.

މިކަމާގުޅިގެން ފިނޭންސް މިނިސްޓަރީން ބުނެފައިވަނީ ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތާއި ރައްކާތެރިކަމުގެ ތެރެއިން ދެމުންދިޔަ އޮފީސް ހިންގުމުގެ ޚަރަދަށްވާ ފައިސާ ނުދީ މަޑުޖައްސާލަފައިވަނީ ނަޝީދު އޮފީސް ހިންނަވާ ތަނެއް އެނގިފައިނެތުމާއި، އެކަމުގައި ދިމާވި އުސޫލީ މައްސަލަތަކެއްގެ ސަބަބުންކަމަށެވެ. އަދި މިފައިސާތައް ދިނުން ހުއްޓާލާފައިވާތާ ތިން މަސްދުވަސްވެފައިވާކަމަށްވެސް އެ މިނިސްޓަރީން ބުނެ އެވެ.

ރައީސް ނަޝީދުގެ އޮފީސް ހުންނަތަން ހޯދުމަށް ފިނޭންސް މިނިސްޓަރީން ސިޓީއެއް ފޮނުވާފައިވާކަމަށާއި، ނަމަވެސް އެ ސިޓީގެ ޖަވާބު އަދިވެސް ނުލިބޭކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފަހުގެ