ޔުމްނު ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން – ރައީސް މުއިއްޒު

398461 Fea022e3 D

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އިދިކޮޅު އެމްޑީޕީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ޔުމްނު ވެއްޓުނު ހާދިސާއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާގޮތުގައި މި ކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން ކަމަށެވެ.

އެމްޑީޕީން 2013ގެ ރިޔާސީ އިންތިހާބަށް ނެރުނު މެނިފެސްޓޯގައި ހިމެނޭ “ބިރަކާނުލާ މަޖާކުރުން” ސިޔާސަތަށް ނިސްބަތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިސްލާމް ދީނުގެ އިންތަކާ މިންތަކާ ހިލާފަށް މަޖާކުރާށޭ ބުނެ ހިތްވަރު ދިން މީހުން ދަނީ ޒުވާނުންގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ކަމަށެވެ.

ރައީސް މުއިއްޒު އިދިކޮޅު އެމްޑީޕީ ކުށްވެރިކުރައްވައި ވާހަކަފުޅު ދެއްކެވި އިރު، މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު ހާދިސާގައި ފުރަތަމަ އެ ގުރޫޕުން ޕާޓީ ކުރަން ގޮސްފައިވަނީ މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީނު ދިރިއުޅުއްވާ ގެކޮޅަށެވެ. އަދި މި ހާދިސާގައި ހިމެނެނީ ސަރުކާރުގެ އިސްވެރިންނާއި އިސްވެރިންގެ ދަރިންނެވެ.

ފަހުގެ