މިއަންމާގެ މެދުތެރެއަށް މިއަދު އައި 7.7 ރެކްޓާ ސްކޭލްގެ ވަރުގަދަ ބިންހެލުމަކުން ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޕްރައިމް މިނިސްޓަރު ޕެޓޮންގްޓާން ޝިނަވަޓްރާ ބެންކޮކް ގައި ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.
މިއަންމާގެ ސަގައިންގް ސަރަހައްދުގެ ކައިރީގައި ހިނގި މި ބިންހެލުމުގެ ސަބަބުން ބެންކޮކްގެ ޗަޓުޗަކް ޕާކް ކައިރީގައި އިމާރާތްކުރަމުންދިޔަ އުސް އިމާރާތެއް ވެއްޓި، މަދުވެގެން އެކަކު މަރުވެ، 50 މީހުންނަށް ވަނީ އަނިޔާވެފައެވެ.
ބިންހެލުން ހިނގީ މިއަދު މެންދުރުފަހު 1:30 ހާއިރުއެވެ. ބެންކޮކްގައި ދިރިއުޅޭ 17 މިލިއަނަށްވުރެ ގިނަ މީހުންނަށް ބިންހެލުމުގެ ބާރުމިން ވަނީ ވަރަށް ބޮޑަށް އިހުސާސްވެފައެވެ. އުސް އިމާރާތްތަކާއި ހޮޓާތަކާއި އޮފީސްތައް ހެލެން ފެށުމާއެކު، އެތަންތަނުގައި ތިބި މީހުން ވަނީ މަގުމައްޗަށް ނުކުމެފައެވެ.
ބެންކޮކުގައި ހުރި ހަންގޭރިއަން ރައްޔިތެއް ކަމަށްވާ ޒުޒަނާ ވާރި-ކޮވާކްސް ބުނީ “މުޅި ސިޓީ ހެލޭހެން ހީވި، އަހަރެން މިކަހަލަ ކަމެއް ކުރިން ތަޖުރިބާކޮށްފައެއް ނެތް” ކަމަށެވެ.
ޕްރައިމް މިނިސްޓަރު ޕެޓޮންގްޓާން ޝިނަވަޓްރާ ވަނީ ޕުކެޓްގައި ބާއްވަމުންދިޔަ ޓޫރިޒަމް ބައްދަލުވުން ހުއްޓާލައި، އިންޓީރިއަރ މިނިސްޓަރު އަނުޓިން ޗާންވިރަކުލްއާއެކު ކުއްލި ހާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ފަށާފައެވެ. ވެއްޓިފައިވާ އިމާރާތުގައި ހާލުގައި ޖެހިފައިވާ މަސައްކަތްތެރިން ސަލާމަތްކުރުމަށް ކުއްލި ހާލަތުގެ ޚިދުމަތްތައް ވަނީ ދަނޑިވަޅެއް ނުފޯރާ މަސައްކަތްކުރަން ފަށާފައެވެ. ތައިލެންޑްގެ ސްޓޮކް އެކްސްޗޭންޖުން ވަނީ މިއަދުގެ މެންދުރުފަހުގެ ވިޔަފާރި ހުއްޓާލާފައެވެ.
ބެންކޮކަކީ ބިންހެލުމުގެ ސަރަހައްދުތަކާ ދުރުގައި އޮންނަ ސިޓީއެއް ނަމަވެސް، މި ސިޓީގެ މަޑު ބިމުގެ ސަބަބުން ދުރުގައި ހިނގާ ބިންހެލުންތަކުގެ އަސަރު ބޮޑުވެއެވެ. ބެންކޮކްގައި ފާހަގަކުރެވޭ ބިންހެލުމެއް އެންމެ ފަހުން ހިނގާފައިވަނީ 41 އަހަރު ކުރިން ކަމަށްވާއިރު، އެއީ 5.7 ރިކްޓަރ ސްކޭލްގެ ބިންހެލުމެކެވެ. މިއަންމާގައި ބިންހެލުން ހިނގި ސަރަހައްދުގައި މަގުތައް ހަލާކުވެ، އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، މިއަންމާގެ ވެރިކަންކުރާ ޖަންޓާއިން ވަނީ ގިނަ ސަރަހައްދުތަކެއްގައި ކުއްލި ހާލަތު އިއުލާންކޮށްފައެވެ. މި ބިންހެލުމުގެ އަސަރު ތައިލެންޑާއި މިއަންމާގެ އިތުރުން ޗައިނާގެ ދެކުނު ހިސާބާއި، އިންޑިއާ