މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން އަޒާން ވަކިކޮށްފި

Azan

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވަކިކޮށްފިއެވެ. މި ކޮމިޓީތަކަށް ބަދަލު ގެނައުމަށް ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓަރީ ގްރޫޕުން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލިސް ފަށްޓަވަމުން ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި ގޮތުގައި، މާލިއްޔަތު ކޮމިޓީއަށް އަޒާންގެ ބަދަލުގައި ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އައިފާން ހަމަޖައްސާފައިވެއެވެ. އަދި 241 ކޮމިޓީއަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހަމަޖައްސާފައިވެއެވެ.

މި ބަދަލުތައް ގެނެސްފައިވަނީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކުން ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ނެގި ވޯޓުތަކުން އަޒާން ތަނާޒުލުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ އޮފިޝަލް ވަޓްސްއެޕް ގްރޫޕުންވެސް އަޒާން ބޭރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އަޒާން ވަކިކުރި ނަމަވެސް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް އަޒާން އައްޔަންކޮށްފައިވެއެވެ.

ފަހުގެ