އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކާއްޓެއް 5 ރުފިޔާއަށް

0262548e Cf63 4c71 Ad68 8a2d61c25a31

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މިއަދުން ފެށިގެން ކާށި ވިއްކަން ފަށައިފި އެވެ. އެގޮތުން ކާއްޓެއް ވިއްކަމުން ގެންދަނީ ފަސް ރުފިޔާގެ އަގުގައި އެވެ.

އެސްޓީއޯއިން މިކަން އިއުލާން ކުރުމާއެކު، މިވަގުތު މާކެޓުގައި ކާށީގެ އަގު 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ހުރި ކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި މާކެޓް އަގުތަކަށް އަންނަމުންދާ ބަދަލުތަކަށް އަވަސް ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

އެސްޓީއޯއިން މިހާރު ވިއްކަން ފަށާފައިވާ ކާށީގެ ޝިޕްމަންޓަކީ އިންޑިއާއިން ގެނެސްފައިވާ ތަކެއްޗެވެ. މީގެ އިތުރުން ލުނބޯވެސް މިއަދުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ގަންނަން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އަންނަ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ވަނީ ކާބޯތަކެތި އެތެރެކުރުމަށް ހަތަރު ކެޓެގަރީއަކަށް ބަހާލައި، އެތަކެތި ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ

ފަހުގެ