މަޝްރޫއުތަކުގެ މައުލޫމާތު ވަގުތުން ބެލޭނެ ޑޭޝްބޯޑެއް

Corp Feature Photo 73

“އެމްޓީސީސީ ޕްރޮޖެކްޓް ޑޭޝްބޯޑް” ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ސިސްޓަމަކީ ކުންފުނިން ހިންގާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަސޭހަ ގޮތެއް ގާއިމްކޮށްދޭ ނިޒާމެކެވެ. މި ޑޭޝްބޯޑަށް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ވަދެވޭނެއެވެ.

އެމްޓީސީސީން މިކަން އިއުލާންކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެމްޓީސީސީއަކީ ރާއްޖޭގައި ބަނދަރު ހެދުމާއި، އެއާޕޯޓް އެޅުމުގެ މަސައްކަތްތަކާއި އެހެނިހެން ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.

މި ޑޭޝްބޯޑް ތައާރަފްކުރުމާއެކު، ރައްޔިތުންނަށް އެމްޓީސީސީގެ މަޝްރޫއުތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މަޝްރޫއުތަކުގެ ކުރިއެރުން ވަގުތުން ބެލޭނެއެވެ.

ފަހުގެ