ޓޫރިޒަމް އަށް 5.7 ޕަސަންޓުގެ ކުރިއެރުމެއް

Gondola Ride In Autumn In Kashmir 2023 10 18t174214.790 Min

ނޮވެމްބަރު މަހު ރާއްޖެއަށް 172,985 ޓޫރިސްޓުން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 5.7 ޕަސަންޓު އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އައީ 163,658 ޓޫރިސްޓުންނެވެ. އަދި މި އަހަރުގެ މިހާތަނަށް ޖުމުލަ 1.8 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މައި މާކެޓްތަކުގެ ތެރޭގައި ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ.

މިވަގުތު ރާއްޖޭގައި 171 ރިސޯޓާއި، 14 ހޮޓަލާއި، 909 ގެސްޓްހައުސް އަދި 155 ސަފާރީ އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށްވެސް ބުނެއެވެ.

ފަހުގެ