ދިވެހި ފިލްމެއް އަޅުވަން ތައްޔާރުވެފައި އޮއްވައި, އޮލިމްޕަސް އަތުލައިފި

Olympus Maldives

އަހަރެއް ކުރިން އޮލިމްޕަސް ސިނަމާ ބުކްކޮށް، ހަތަރު މަސް ކުރިން ފައިސާ ދައްކާފައި އޮއްވާ، “ދޭދަރު ރުއިން” ފިލްމު ދެއްކުމަށް ހަމަޖެހިފައިވާ ދުވަހު އެންސީއޭއިން އޮލިމްޕަސް އަތުލައިފި އެވެ.

އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މަހުގެ 20 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ “ދޭދަރު ރުއިން” ފިލްމު ދެއްކުމަށް އޮލިމްޕަސް ނުލިބޭނެ ކަމުގެ މައުލޫމާތު އެންސީއޭއިން އަންގާފައިވަނީ ބަންދު ދުވަހެއްގައި އީމެއިލް އަކުންނެވެ.

އެންސީއޭއިން އޮލިމްޕަސް އަތުލާފައިވަނީ ސަރުކާރަށް އަހަރު ފުރޭ ދުވަހާ ދިމާކޮށް “އޮލިމްޕިއަންސް ވިތް ޔޫތް- ލައިވް އިން ކޮންސާޓް” ނަމުގައި ޝޯތަކެއް ބޭއްވުމަށެވެ. މި ޝޯތައް ބާއްވަން ހަމަޖެހިފައިވަނީ 17 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލްއިން ބުނީ މި މައްސަލައިގައި އެއްވެސް ފަރާތަކުން ޒިންމާ ނުނަގާ ކަމަށެވެ. އަދި މިނިސްޓަރު އިބްރާހިމް ވަހީދަށް ގުޅުމުން ޑެޕިއުޓީ މިނިސްޓަރަށް ގުޅަން އެންގި ނަމަވެސް، އެއްވެސް ފަރާތަކުން ފޯނު ނުނަގާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ކަމަކީ ދިވެހި ފިލްމީ އިންޑަސްޓްރީއަށް ކުރި ބޮޑު ބޭއިންސާފެއް ކަމަށް ބުނެ، އޮލިމްޕަސް އަތުލި އިރު ފިލްމު އިސްތިހާރުކުރުމަށް ބޭނުންވާ ބެނާތަކާއި ޕޯސްޓަރުތަކާއި ޓިކެޓްތައް ވެސް ވަނީ ތައްޔާރުކޮށް ނިމިފައި ކަމަށް އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލްއިން ބުނެފައިވެ އެވެ.

ފަހުގެ