ހުޅުމާލެ ނެރު ކައިރިން ހިނގި ލޯންޗު އެކްސިޑެންޓެއްގައި އަނިޔާވި ދެ ފިރިހެނަކު ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ މިރޭ ކަމަށާއި، އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެކްސިޑެންޓްގައި އަނިޔާވި މީހުންނަކީ ކޮން ބައެއްކަން އަދި އެ މީހުންނަކީ ދިވެހިންތޯ ނުވަތަ ބިދޭސީންތޯ އަދި ސާފުވެފައެއް ނުވެ އެވެ.
ފަހަކަށް އައިސް ކަނޑުމަތީ ހާދިސާތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ. މިގޮތުން މިދިޔަ އޮކްޓޯބަރު 25 ގައި ކ. ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.