ތާލިބާނު ސަރުކާރު ރާއްޖެއިން ބަލައެއް ނުގަނޭ

Screenshot 2024 11 03 At 15.24.02

ދިވެހި ސަރުކާރުން އަފްގާނިސްތާނުގެ ތާލިބާނު ސަރުކާރު ބަލައިނުގަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. މި ވާހަކަ ފޮރިން މިނިސްޓްރީން ބުނީ ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު އަފްގާނިސްތާނުގެ އެމްބެސެޑަރާ ބައްދަލުކުރުމާ ގުޅިގެން އުފެދުނު މައްސަލައަކާ ގުޅޭގޮތުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުގެ ހުއްދައެއް ނެތި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު އަފްގާނިސްތާނުގެ އެމްބެސެޑަރާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތާ ޚިލާފު ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ދިވެހިރާއްޖޭން ޤައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އ.ދ. އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުޞޫލުތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. “އަދި މި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އ.ދ. ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމަށް,” ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ

އަފްގާނިސްތާގުައި ވެރިންކުރާ ތާލިބާނު ސަރުކާރަކީ އދ އިން ބަލައިގަންނަ ސަރުކާރެއް ނޫނެވެ.

މި މައްސަލައާ ގުޅިގެން ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރަށް ފޮރިން މިނިސްޓްރީން ވަނީ ފިޔަވަޅުވެއް އާޅާފައެވެ..

ފަހުގެ