ސިނގޭޓު އަގު ބޮޑުކުރުމާއެކު, ސިނގިރޭޓުގެ ވައްކަން ފަށައިފި!

6vjelfy2ghw91

އޯޝަން ނޯޓިކަލް ޕްރައިވެޓް ލިމިޓެޑްގެ 67 ސިނގިރޭޓު ކާޓޫނު ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައިގައި 24 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭ 5:40 ހާއިރު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އޮލިމްޕަސް ކައިރިން ދިޔަ މީހަކާ މެދު ތުހުމަތު ކުރެވިގެން ހުއްޓުވައި، އޭނާ ގެންގުޅުނު ދަބަސްތަކާއި ކޮތަޅުތައް ބަލައި ފާސްކުރިއިރު 67 ސިނގިރޭޓު ކާޓޫނު ފެނުނު ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ށ. ފޭދޫ، ހިރުދޫމާގެ، އަހުމަދު ލުޖައިންއެވެ. 

ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލިބެލުމުން އެ ސިނގިރޭޓުތަކަކީ އޯޝަން ނޯޓިކަލް ޕްރައިވެޓް ލިމިޓެޑުން އޭނާ ވަގަށް ނަގާފައިވާ ތަކެތި ކަމަށް އެނގިފައިވާ ކަމަށެވެ. މި މައްސަލައިގައި އަހުމަދު ލުޖައިންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

މި މައްސަލަ ހާމަވެފައިވަނީ ވޭޕާއި އިލެކްޓްރިކް ސިނގިރޭޓު އަދި ދުންފަތާއި އެފަދަ އުފެއްދުންތަކުގެ އިމްޕޯޓު ޑިއުޓީ މި މަހުގެ 1 އިން ފެށިގެން ބޮޑުކުރުމާ ގުޅިގެން އެ އުފެއްދުންތަކުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅިގެން ދުންފަތުގެ އުފެއްދުންތަކުގެ ވައްކަން އިތުރުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، މިފަދަ ކުށްތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކާ ގުޅޭ މައުލޫމާތު އެނގިއްޖެނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެންގުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.

ފަހުގެ