ތުއްތުކުއްޖެއް ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޑެއް ހިނގައިފި

Screenshot 2024 10 11 At 02.40.58

މާލޭގެ މަޖީދީމަގުގައި ހިނގާފައިވާ ސައިކަލު އެކްސިޑެންޓެއްގައި 3 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ވިލާ މާޓު ކައިރީގައި ހުންނަ ކަފިހިހުރަސް ކައިރިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާގައި އަނިޔާވި ކުއްޖާއަކީ އަންހެން ކުއްޖެކެވެ. އޭނާ މަގު ހުރަސްކުރަން އުޅެނިކޮށް ސައިކަލެއް ޖެހި، ވެއްޓި، ނިއްކުރިމަތި ދުޅަވެފައިވެއެވެ. ކުއްޖާއަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށްޓަކައި އައިޖީއެމްއެޗަށް ގެންދެވުނެވެ.

މި ހާދިސާގައި ސައިކަލް ދުއްވި ފަރާތަކީ ލައިސަންސް އޮންނަ ދިވެހި ފިރިހެނެއްކަން އެ އޮފިޝަލް ހާމަކުރެއްވިއެވެ. މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ކުރިއަށް ގެންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭގައި އެކްސިޑެންޓްތައް އިތުރުވެ، ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާ ހާދިސާތަކެއް ހިނގިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން، ފުލުހުން ވަނީ މާލޭގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އަދަދު އިތުރުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެފައިވާ ގޮތުގައި، މާލޭ ސަރަހައްދުގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާނެ ގޮތަށް އޮޕަރޭޝަންތައް ބައްޓަންކުރުމަށް ވަނީ ނިންމާފައެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.

ފަހުގެ