އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ފިނޭންސް މިނިސްޓަރ ޑރ.މުޙައްމަދު ޝަފީޤް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެގްޒެކެޓިވް ޑިރެކްޓަރ ޖަސްޓިން ޑިއޮކްނޯ-ސިކާޓްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ފިސްކަލް އިޞްލާޙުތަކާއި، އޭ.ޑީ.ބީއާ އެކު ގާތުން ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މައިގަނޑު މައުޟޫޢުތަކުގެ ތެރޭގައި އޭޑީބީގެ ރެސިޑެންޓް މިޝަނެއް ރާއްޖޭގައި ޤާއިމުކުރެވި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ސީދާ ގޮތުންނާއި ހަރުދަނާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މި ބައްދަލުވުމަކީ އެގްޒެކެޓިވް ޑިރެކްޓަރ ޑިއޯކްނޯ-ސިކާޓް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ކޮންސަލްޓޭޝަން ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެކި އެކި ޕްރޮޖެކްޓް ސައިޓްތަކަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޒިޔާރަތުގައި ރާއްޖޭގެ އިޤްތިޞާދީ އަދި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އޭޑީބީން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.