ބެންކޮކްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިނިސްޓަރ ޠާރިޤު އިބްރާހީމް ޒިޔާރަތްކުރައްވައިފި

Env Min In Bkk

މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު އޮނަރަބަލް ޠާރިޤު އިބްރާހީމް މިއަދު ތައިލެންޑްގެ އެމްބަސީއަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤު އެމްބަސީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޚިދުމަތްތައް ހަލުވިކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤު އެމްބަސީގެ އިސް ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، އެމްބަސީގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޠާރިޤު ވިދާޅުވީ، “އެމްބަސީގެ މުވައްޒަފުން ކުރައްވާ މަސައްކަތްތަކަކީ ދިވެހިރާއްޖެއާއި ތައިލެންޑާދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް” ކަމަށެވެ. އަދި އެމްބަސީން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ހަލުވިކުރުމަށް އިތުރަށް މަސައްކަތްކުރުމަށް އެމްބަސީގެ މުވައްޒަފުންނަށް އިލްތިމާސްކުރެއްވިއެވެ.

މި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤުއާއެކު މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްބަސީގެ ފަރާތުން އެމްބަސެޑަރ އާއި އެހެނިހެން އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަހުގެ