ރައީސް ނަޝީދުގެ އޯޝަން ޓީވީ ވިއްކައިލަނީ

Screenshot 2024 08 07 At 12.29.21
ރައީސް ނަޝީދު މޫދުގައި

ކުރީގެ ރައީސް, އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިއްސާ އޮންނަ “އޯޝަން ޓީވީ ނެޓްވާކް” ހުއްޓާލައި ވިއްކާލަން ނިންމައިފިއެވެ.

ޓީވީ ހުއްޓާލަން ނިންމިއިރު އެ ޓީވީ ހިންގުމާއި ހަވާލުވެ ހުރީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ. އޯޝަން ޓީވީ ހުއްޓާލަން ނިންމާފައިވަނީ ބޮންޑާ އާއި އޭނާގެ ގާތް އެކުވެރިއެއް ހަވާލުވިތާ ދެ މަސް ދުވަސްވެސް ނުވަނީހެވެ.

“ބޮންޑާމެން ހަވާލުވިފަހުން މުސާރަވެސް ނުލިބި ޓީވީ އެއްކޮށް ހުއްޓާލާ ހިސާބަށް ދިޔައީ. ދެ މަސް ދުވަސް ވީ އިރުވެސް ބޮންޑޭ މެންނަށް ޓީވީ ހިންގޭގޮތެއް ނުވި,” އެމްވީޓައިމް އާއި ވާހަކަދެއްކި އޯޝަން ޓީވީގެ އޮފިޝަލެއް ބުންޏެވެ.

ޓީވީ ހުއްޓާލިނަމަވެސް, މުވައްޒަފުންގެ ދަރަނިވެފައިވާ މުސާރައާއި, އެހެނިގެން ހަރަދުތައް ހަމަޖެއްސުމަށް ޓީވީ ސްޓޭޝަން ވިއްކާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

“ރައީސް ނަޝީދު ރާއްޖޭގައި ހުންނެވި ދުވަސްވަރު ރަނގަޅަށް ޓީވީ ހިނގި. އެމަނިކުފާނު ވަޑައިގެން ޓީވީގެ ކަންކަން ބަލަހައްޓަވާ މުސާރައާއި އެހެނިހެންކަންކަމުގެ ވެސް އެއްވެސް މައްސަލައެއް ނެތް. ފަހުން ޓީވީ ހަވާލުވި މީހުންނަށް އަސްލު ނޭގުނީ ޓީވީ ހިންގަން,” އޯޝަން ޓީވީން ވާހަކަ ދެއްކި އޮފިޝަލެއް ބުންޏެވެ.

ރައީސް ނަޝީދުގެ އޯޝަންޓީވީ ހުއްޓާލަން ނިންމިއިރު އެ މަނިކުފާނު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ވެސް ގާނާގައެވެ. އެމަނިކުފާނު ގާނާއަށް ބަދަލުވެ ވަޑައިގަންނަވާފައިވަނީ, މިއަހަރުގެ ޖެނުއަރީ މަހުތެރޭގައެވެ.

އެމަނިކުފާނު ގާނާގެ އަކްރާއަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވުމަށެވެ.

ރާއްޖެވެސް ބައިވެރިވެގެން 2019 ވަނަ ހަދާފައިވާ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ ގާނާ ގައެވެ.

ފަހުގެ