މަރުވެފައި އޮއްވާ ފެނުނީ ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު މީހެއް, އުމުރު ދުވަހުގެ ޖަލުހުކުމުން މާފު ދިނީ ސޯލިހު ސަރުކާރުން

Big Gvu5suo6ip8xcutsll1xnccvl

ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި އިއްޔެ ހަވީރު މަރުވެފައި އޮއްވާ ފެނުނު 30 އަހަރުގެ ޒުވާނާ އަކީ ކުރިން 25 އަހަރުގެ ޖަލު ހުކުމެއްކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ ފަހުކޮޅު ވޯޓާއި ދިމާކޮށް މީހުންނަށް މާފުދީ ދޫކޮށްލި މީހުންގެ ތެރެއިން މީހެއްކަން ކަށަވަރުވެއްޖެެވެ.

މަރުވެފައި އޮއްވާ ފެނުނު އުމުރުން 30 އަހަރު މީހާ އަކީ ގދ. ހޯނޑެއްދޫ، ހައްމާދު ސައީދުއެވެ.

އޭނާއަކީ ދިރުވާލައިގެން ރާއްޖެ އަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް މީގެ އަހަރުތަކެއް ކުރިން އެއާޕޯޓުން އަތުލައިގަނެ 25 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާމީހެކެވެ. ސޯލިހުގެ ސަރުކާރުން 2023 ވަނަ އަހަރު މާފުދީ ދޫކޮށްލީ ރިޔާސީ އިންތިހާބުގެ ވޯޓާއި ދިމާކޮށެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތު ލިބުމާ ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރަނިކޮށް ހައްމާދުގެ ހަށިގަނޑު ފެނުނެވެ. އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައިކަމަށް ކަމަށް ފުލުހުން ބުނެއެވެ. ހައްމާދު މަރުވެފައި އޮންނަތާ ގާތްގަނޑަކަށް ތިން ދުވަސް ވެފައިވާކަން ވެސް ފުލުހުން ލަފާކުރެއެވެ.

މި މަރާ ގުޅޭ އިތުރު މައުލޫމާތު މި ވަގުތު ހާމައެއް ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ހައްމާދުގެ މަރުގެ ތަހުގީގަށް އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިވާ އިރު، އާންމުކޮށް މިފަދަ އޮޓޮޕްސީތަކަކީ ޝައްކުކުރެވޭ މަރުތަކާ ގުޅިގެން ހަދާ ޕޯސްޓްމޯޓަމްތަކެވެ.

ފަހުގެ