އެމްޑީޕީ ވެރިކަމުގައި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުالله ނިކަމެއްޗަކަށް މައާފުކޮށްދޭން ދެކޮޅު ހަދައިފިއެވެ.
ޝޭހު އިމްރާން ގެ ކާރުގައި މިއަދު ހަވީރު ވަނީ އުމުރުން ދުވަސްވީ މީހެެއްގެ ޕިކަޕު ޖެހިފައެވެ. މި ހާދިސާ ހިނގުމުން އެ ސަރަހައްދުގައި ހުރި ހެންވޭރު ދެކުނު ދާއިރާއަށް ޕީއެންސީ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެ ލެއްވި އިމްރާން (އިންމު) ވަނީ އެމީހާއަށް މައާފުކޮށްދޭން ޝޭހު އިމްރާންގެ އަރިހުން އެދިލައްވައިފައެވެ.
ނަމަވެސް މަންޒަރު ދުށް މީހަކު ބުނީ އިމްރާނު އެމީހާއަށް މައާފުކޮށްނުދީ ފުލުހުންނަށް ގުޅައި އެމީހާގެ އަތުން ބަދަލު ހޯދުމަށް ނިންމާފައިވާކަމަށެވެ.
މި ހާދިސާގައި ޕިކަޕުން ޖެހުމުން އިމްރާންގެ ކާރަށް ބޮޑު ގެއްލުމެއް ވެފައިވާ މަންޒަރެއް މި ނޫހަށް ލިބުނު ފޮޓޯތަކުން ނުފެނެއެވެ.
އެމީހާއަށް މައާފުކޮށްދޭން އިންމު އެދުމުން ޝޭހު އިމްރާން ވަރަށް ހަޑިހުތުރުބަހުން އިއްމުއާއި މުއާމަލާތުކުރިކަމަށްވެސް އިއްމުގެ ފަރާތުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ.
ނިކަމެއްޗަކަށް މައާފުކޮށްދޭން ޝޭހު އިމްރާން ދެކޮޅު ހަދައިފިhttps://t.co/asqx7eWCVh pic.twitter.com/yEV8JlaUBM— Times.mv (@Timesmvlive) May 4, 2024