ދިވެހިރާއްޖޭގ ބަނގުރޫޓުކުރަނޭ ހާލަތަށް ދިޔައީ އެމްޑީޕީ ސަރުކާރުން ނެގި ދަރަނިތަކުން: ރައީސް ނަޝީދު

F47rg5ibkaadk24
ރައީސް މުހައްމަދު ނަޝީދު ރަސްދޫގައި

ދިވެހިރާއްޖޭގެ ދަރަނި އަލުން އެކުލަވާލާނެކަމަށް އެމްޑީޕީން ބުނި ނަމަވެސް, އެ ޕާޓީން ވަނީ ދަރަނި އަދާކުރަން އަލުން އަނބުރާ ދަރަންޏަށް ފައިސާ ނަގާފައިކަމަށާއި, އެ ދަރަނިތަކުގެ ސަބަބުން މިއަދު ދިވެހިރާއްޖެ ބަނގުރޫޓުވާ ހާލަތައް ގޮސްފައިވާކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު މިހެން ވިދާޅުވީ, ދަ ޑިމޮކްރެޓްސްގެ ފަރާތުން ވިލިމާލޭގައި ބޭއްވި ކެމްޕޭނު ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވިދާޅުވީ ދިވެހިރާއްޖޭގެ ދަރަނި ރީ ސްޓްރަކްޗާ ކުރާނެކަމަށް އެމްޑީޕީން 19 ވަނަ މަޖިލީހަށް ކެމްޕޭނުކުރިއިރު ބުނިނަމަވެސް, އެ މަސައްކަތް ކުރާތަން ނުފެނުނުކަމަށެވެ.

“އެހެންވީމާ މިއަދު އެ ދަރަނި މިވަނީ ދިވެހިރާއްޖެ ބަނގުރޫޓު ކުރާނޭ ހާލަތައް ގެނެސްފައ. ހަނގުމަފުޅު ބަހައްޓަވާތި ގައުމުތައް ބަނގުރޫޓުވީމާ ދެން އާންމު ރައްޔިތުންނަށް ކަން ދިމާކުރާގޮތް,” ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ގައުމުތައް ބަނގުރޫޓުވުމުން ބޯހިޔާވަހިކަމުގެ ވާހަކައާއި, އިޖުތިމާއީ ރައްކާތެރިކަމުގެ ވާހަކަވަރަށް ބޮޑަށް “ސޮއްސައިލައިގެން ދާނެ” ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނި ފުއްދުންތެރިކަމުގެ 117 ޕަސަންޓަށް ރައާފައިވާކަމަށެވެ. ނަމަވެސް ބައިނަލް އަގުވާމީ މާލީ އިދާރާތަކުން އަންދާޒާ ކުރާގޮތުން އެ އަދަދު އެންމެ މަތިވެގެން ވެސް ހުންނަންޖެހޭނީ 60 ޕަސަންޓުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފަހުގެ