ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމަށް ނިންމަވައިފިއެވެ.
މޭޖާ ޖެނަރަލް ރޭންކް ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައު ހުންނެވި, އަބްދުއްރަހީމް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އަބްދުއްރަހީމް ރިޓަޔާ ކުރަށްވާނީ އުމުރުފުޅުން 60 އަހަރު ފުރުމުންނެވެ.