ހ. ހާޖަރާގެ އަބްދުالله ލުތުފީ އަށް ކޮށްފައިވާ ޖަލު ހުކުމުގެ މުއްދަތު މިއަދު ހަމަވާނެކަމަށް ކަރެކްޝަނުން ބުނެފިއެވެ
ލުތުފީ 25 އަހަރަށް ޖަލާން ހުކުމް ކުރީ 1988 ަވނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލާގައި އޭނާ ބައިވެރިވިކަން ސާބިތުވެގެންނެވެ.
ލުތުފީއަށް ކޮށްފައި ވާ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ރާއްޖެއިން ފިލައިގެން ދިޔަ މައްސަލާގައި، މާޗު 10، 2021 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 7 މަހާއި 18 ދުވަސް ވަންދެން ޖަލު ބަންދު ކުރުމަށް އަންގާފައިއެވެ.
މިނިވަންވާން 7 މަހަށް ވެފައިވަނިކޮށް ލުތުފީ 2010 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނީ ލަންކާގައެވެ. އަދި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވަދެ އަމާން ދީފައިވަނީ 2019 ވަނަ އަހަރުގެ މޭ މަހުއެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސް ޖަލުގައި ބަންދުކޮށްފައި ވަނީ އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔަތާ 2 މަހަށް ވުރެ ގިނަ ދުވަސް ވީފަހުން ޖުލައި 9، 2019 ގައެވެ.
ކަރެކްޝަނުން އާދިއްތަ ދުވަހު ބުނެފައިވަނީ މިއަދު ލިތުފީ މިނިވަންވާނެކަމަށެވެ.