ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވައިފި

F Irgtdbgaashkk

ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިފިއެވެ.

އެމަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެމަނިކުފާނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރެވެ.

ޑރ. މުއިއްޒުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ހުސެން މުހައްމަދު ލަތީފް ވެސް ވަނީ މިއަދު ހުވާކުރައްވައި މަގާމާ ހަވާލުވެ ވަޑައިގެންފައެވެ.

ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ އުފަލުގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ސިފައިން ބުނީ ހަވާ އަރުވާނީ މިރޭ 21:00 ގައި އިއްޒުދީން ފާލަން ކުރިމަތީގައި ކަމަށެވެ. ހަވާ އަރުވާނީ ފަސް މިނެޓަށެވެ.

މުއިއްޒު، އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވާ ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެއެވެ.

ފަހުގެ