އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަވިއު ފުރިހަމަކަމަށް ވިދާޅުވެ އެމަނިކުފާނަށް ރައީސް މައުމޫނު ތައުރީފު ކުރެއްވުމަށްފަހު, މާގިނަ ދުވަހެއް ނުވަނީސް ޑރ. މުއިއްޒުއަށް ވަށްބަހުން ޖައްސަވައިފިއެވެ.
މިގޮތުން އަލްޖަޒީރާއަށް މުއިއްޒު ދެއްވި އިންޓަވިއު ފުރިހަމަކަމަށް ރައީސް މައުމޫނު ވިދާޅުވިތާ މާގިނަ ދުވަހެއް ނުވަނީސް ބުދަ ދުވަހު ވިދާޅުވެފައިވަނީ, “ސައިންޓިފިކް ހަގީގަތްތައް އެއްނެމެން ވެސް ގަބޫލުކުރަންެޖެހޭނެ” ކަމަށެވެ.
“ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކައަކީ މީގެ 50 އަހަރު ކުރިން ދައްކަމުން އަންނަ ވާހަކައެއް. މިހާތަނަށް އައިއިރު އެ ބުނާ މިންވަރަށް ކަނޑުގެ ލޮނުގަނޑު މައްޗަށް އުފުލޭ ތަން ނުފެނޭ،” މުއިއްޒު އަލްޖަޒީރާ ވިދާޅުވެފައިއެވެ.
ރާއްޖެއަށް ޒިޔާރަތްކޮށް އެކަން ބަލައިފިނަމަ އެވަރުގެ ސީރިއަސްކަމެއް ނެތްކަން އެނގޭނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވެފަ މިވަނީ ދާދިފަހުން ގަ’އަލް ޖަޒީރާއަށް’ ދެއްވި ބަސްދީގަތުމެއްގައި އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ މޫސުމީ ބަދަލުތަކާގުޅޭ ގޮތުން ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކުރާވަރުގެ ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވަނިކޮށް ކުރީގެ ރައީސް މައުމޫނު، ޓުވިޓާގަ ވިދާޅުވީ “އެންމެން ވެސް ސައެންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭނެ ކަމަށާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ހަގީގަތެއް،” ކަމަށެވެ.
ސެޓެލައިޓް މައުލޫމާތު ދައްކާ ގޮތުގައި މި ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަހަ 3.4 މިލިމީޓަރު އުފުލިއްޖެ ކަމަށް ވެސް މައުމޫން ހާމަކުރެއްވިއެވެ.