ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް ކަމުގެ މަޤާމް ފުރުއްވަމުން ގެންދެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވެފައިވާ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް އޮފީހުން ހުޅުވާލާފައިވަނީ މިއަދުއެވެ.
އެޗްއާރުސީއެމްގައި ތިއްބަވަނީ 5 މެމްބަރުންނެވެ. މީގެ ތެރެއިން އެއްވެސް މެމްބަރެއްގެ މަޤާމް ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި އައު މެމްބަރަކު އައްޔަން ކުރަން ޖެހެއެވެ.