01:13 ހިޔާ ޓަވަރުން ވެއްޓުނު ކުއްޖާ މިހާރު ނިޔާވެއްޖެއެވެ. މި ކަން އެކުއްޖާއަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފައެވެ.
ހިޔާ ޓަވަރު އެޗް 6ގެ ބެލްކައިން ކުޑަކުއްޖަކު ވެއްޓިއްޖެއެވެ.
މިރޭ ހިނގި މިހާދިސާގައި ވެއްޓިފައިވަނީ 15 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖެއްކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާގައި އެކުއްޖާ ވެއްޓުނީ ކީއްވެގެންކަން އަދި އެނގިފައެއް ނުވެއެވެ. އެކުއްޖާ ވެއްޓިގެން ގޮސް ޖެހުނީ ދުރުގައި އޮތް ކާރެއްގެ ބޮނެޓް މައްޗަށްކަމަށް މަންޒަރުދުށް ފަރާތަކުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކުއްޖާގެ ބޮލަށާއި ފަޔަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފައެވެ. މިހާރު އެކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލްގެ އިމަޖެންސީގައި ދަނީ ފަރުވާ ދެމުންނެވެ.