ދިވެހިންނަށް ރާއްޖެ ހޯދައިދޭން ވަޑައިގަތް މުއިއްޒު, ވައުދު ފުއްދަން އެންމެ ފުރަތަމަ ވެސް އެދިވަޑައިގަތީ ޗައިނާގެ އެހީއަށް

Ab0f8149 3edf 45be 9c89 3f4547e9581f
ޗައިނާ ސަފީރު މުހައްމަދު މުއިއްޒު އާ ބައްދަލުކުރެއްވުން

ދިވެހިންނަށް ރާއްޖެ ހޯދައިދީ “އިންޑިއާ ސިފައިން” ބާލައި, އިންޑިއާގެ ނުފޫޒުން ދިވެހިރާއްޖެ މިނިވަން ކުރާނެކަމަށް ވިދާޅުވެ ވަޑައިގަތް މުއިއްޒު, ހުވާވެސް ނުކުރެވެނީސް, އެމަނިކުފާނުގެ ވައުދުތައް ފުއްދަން ޗައިނާގެ އެހީއަށް ރަސްމީކޮށް އެދިވަޑައިގެންފިއެވެ.

މުއްޒު ޗައިނާގެ އެހީއަށް އެދިވަޑައިގަތްކަން ހާމަކުރެއްވީ, އެމަނިކުފާނުގެ އިންތިގާލީ ތަރުޖަމާން މުހައްމަދު ފިރްޒުލް އަބްދުﷲ ހަލީލްއެވެ.

އޭނާ މީޑިއާތަކަށް ހާމަކުރެއްވިގޮތުން ޗައިނާ ސަފީރު ޑރ. މުއިއްޒުއާ ބައްދަލުކުރެއްވުމުން މުއިއްޒުވަނީ އެމަނިކުފާނުގެ ވައުދުތައް ފުއްދަން ޗައިނާއިން އެހީވާން އެދިލައްވާފައެވެ.

“ބައްދަލުވުމުގަ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ޗައިނާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވި. ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންނެވި، އިންތިގާލީ ތަރުޖަމާން މުހައްމަދު ފިރްޒުލް އަބްދުﷲ-

ވައުދުތައް ފުއްދަން ޗައިނާގެ އެހީތެރިކަމަށް ޑރ. މުއިއްޒު އެދިވަޑައިގެންނެވިނަމަވެެސް, ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގަ ޑރ. މުއިއްޒު ވިދާޅުވީ, އެމަނިކުފާނު ވައުދުވެލައްވަނީ ވައުދު ފުއްދަވާނެ ގޮތުގެ ފޯމިއުލާ އެނގިލައްވައިގެން ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އިންޑިއާ ސަރުކާރުން ފައިސާ ހޯދާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވެސް އޭރު ވިދާޅުވިއެވެ.

ރައީސް އަބްދުالله ޔާމިންގެ ވެރިކަމުގައި ވަނީ ޗައިނާއިން 9.2 ބިލިއަން ރުފިޔާ (600 މިލިއަން ޑިލަރު) އަށްވުރެ ގިނައިން ލޯނު ނަގާފައެވެ. ޗައިނާއިން ވަނީ އެ ލޯނުތައް ދެއްކުން 4 އަހަރަށް ފަސްކޮށްދީފައެވެ. އެހެންކަމުން އެ ލޯނުތައްވެސް ދައްކަން ޖެހޭނީ ޑރ. މުއިއްޒުގެ ވެރިކަމުގައެވެ.

ރައީސް އަބްދުالله ޔާމިން ރައީސް ކަން ކުރައްވާ ޕީޕީއެމް އިން ރިޔާސީ އިންތިހާބުގަ ޑރ. މުއިއްޒު އެންޑޯޒް ކުރިއެވެ. މިހެންކަމުން ޗައިނާގެ މާލީ އަޅުވެތިކަމަށް ދިވެހިރާއްޖެ އަލުން ވެއްޓިދާނެކަމަށް ބުނެ ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ފަހުގެ