މުއިއްޒުގެ ޓީމުން ޑިފެންޑަށް ކުޅެން ފަށައިފި: ގެންގުޅެނީ 10 ސިކުންތުގެ ވީޑިއޯއެއް

L 2023 04 20 110357 Wd6g1hi2trmjozx53nvqkf8s7lacue4ybp9 En
މުއިއްޒު އަދާލަތު ދޫކުރައްވާ ޕީޕީއެމްއާ ގުޅިވަޑައިގަތުން: ފޮޓޯ ސަން

ކުރީގެ ރައީސް އަބްދުالله ޔާމިން އަށް ހުޅުމާލޭ ސަޕޯޓަރުން ރޭ ފަރިވަޅެއް އެރުވުމަށް ބެއްވި ހަފްލާގަ ރައީސް ޔާމިން ގެ ނުރުހުން ޑރ. މުއިއްޒުއަށް ބަންޑުންކޮށްލުމައެކު, އޭނާގެ ޓީމުން މުއިއްޒުގެ ދިފާއުގަ މަސައްކަތް ކުރަންފަށައިފިއެވެ.

މިގޮތުން އެ ޓީމުން ވަނީ މީޑިއާތައް އެއްކޮށް ގުރޫޕެއްހަދައި ރައީސް ޔާމިން ޑރ. މުއިއްޒުއަށް ތާއީދުކުރާކަން ހާމަކުރުމަށް މަސައްކަތް ފަށާފައެވެ. އެ ގުރޫޕަށް މިއަދު ވަނީ ރޭ ރައީސް ޔާމިން ދެއްކެވި ވާހަކަ ފުޅުގެ ތެރެއިން އެންމެ 10 ސިކުންތުގެ ވީޑިއޯކޮޅެއް ފޮނުވާފައެވެ.

އެ ވީޑިއޯކޮޅުގަ ރައީސް ޔާމިން ވިދާޅުވަނީ ” އަޅުގަނޑުމެން މިކުރާ މަސަތްކަތުގައި މިހާރު ހޮވިވަޑައިގެން ހުންނެވި ރައީސްއަށް ތާއިދުކުރުމަށް ކުރަންޖެހުނު ހުރިހާ މަސަތްކަތެއް އަޅުގަނޑުމެން ކުރާނަން” ކަމަށެވެ.

މި 10 ސިކުންތުގެ ވީޑިއޯކޮޅު ޑރ. މުއިއްޒުގެ ފެކްޝަނުން ދައުރުކުރަން ފެށުމުން, ރައީސް ޔާމިންގެ ސަޕޯޓަރުން ވަނީ ޑރ. މުއިއްޒުއަށް ތާއީދު ހޯދަން މަސައްކަތް ކުރަންވީ އެމަނިކުފާނަށް ތާއީދު އެއްގޮތަކަށްވެސް ނެތްކަން ރައީސް ޔާމިންއަށް އެނގިލައްވާތީކަމަށް ބުނެ ފާޑުކިޔަންފަށާފައެވެ. އެމީހުން ސުވާލު އުފައްދަމުން އަންނަނީ ރައީސް ޔާމިން ގާތް ގަނޑަކަށް 5 މިނެޓުވަންދެން ދެއްކެވި ވާހަކަފުޅުން އެންމެ 10 ސިކުންތު ނަގައިގެން މުއިއްޒުގެ ޓީމުން މަސައްކަތް ކުރަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

ރައީސް ޔާމިން އަޅުގަނޑުމެންނާ ފަސް ވަރަކަށް މިނެޓު ވާހަކަދެއްކެވި. ހަމަ އެންމެ 10 ސިކުންތު ނަގައިގެން މުޅި ވާހަކަފުޅުގެ މާނައޮޅުވާލަން މުއިއްޒު ފެކްޝަނުން މަސައްކަތް ކުރަނީ އޮޅުވާލަން, ރައީސް ޔާމިންގެ ސަޕޯޓަރެއް-

ރޭ އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން މުއިއްޒުއަށް ފާޑުވިދާޅުވަމުން ރައީސް ޔާމިން ވިދާޅުވީ ރައީސް ޔާމިން ވިދާޅުވީ އެ މަނިކުފާނުގެ ހައްގުގައި އެންމެ ބުރަ މަސައްކަތެއް ކުރީ އާންމު ސަޕޯޓަރުންގެ ތެރެއިން އަންހެނުން ކަމަށާއި އެ މީހުން މަގުމަތީ އިހުތިޖާޖުގައި އުޅުނީ މައިންބަފައިންނާއި ދަރިން އަދި ފިރިން ގޭގައި ދޫކޮށްލުމަށް ފަހު ކަމަށެވެ. ނަމަވެސް މިހާރު މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެކިއެކި ފިނިކޮޓަރީގައި ކަމަށްވެސް ރައީސް ޔާމިން ނުރުހުން ފާޅުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ

ފަހުގެ