ހައި ކޮމިޝަންތަކާއި އެމްބަސީތަކުން ވިޔަފާރި ކުރާ މީހުންނަށް މަގުފަހިވާގޮތަށް މަސައްކަތް ކުރަންޖެހޭނެ: އިލްޔާސް ލަބީބް

Ilyas Labeeb
ރިޔާސީ ބަހުސްގައި ދަ ޑިމޮކްރެޓްގެ ރިޔާސީ ކެނޑިޑެޓު އިލްޔަސް ލަބީބް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުންނާއި ހައިކޮމިޝަންތަކުން ދިވެހިރާއްޖޭގެ ގެސްޓުހައުސްތައް ޕްރޮމޯޓު ކުރަން ޖެހޭނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރިޔާސާ ބަހުސްގައި ރޭ ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ، ދިވެހިރާއްޖޭގެ އެމްބަސީތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ރަހުމަތްތެރިން ލާފައި ބަހައްޓަން ހުރި ތަންތަން ނޫންކަމަށެވެ. އެ ތަންތަނުން ދިވެހި ރައްޔިތުުންގެ ހިދުމަތުގައި އަބަދުވެސް މަސައްކަތް ކުރަންޖެހޭނެކަމަށެވެ.

އިލްޔާސް ލަބީބް ވިދާޅުވީ ހާރިޖީ ސިޔާސަތުގެ ދަށުންް ދިވެހިންގެ ތަނަވަސްކަން އިތުރުކުރަންޖެހޭނެކަމަށެވެ.

ދިވެހިރާއްޖެއަކީ ތަނަވަސް ގައުމެއް. ދިވެހިރާއްޖޭގެ ތަނަވަސް އިތުރުކުރެވެން ޖެހޭނެ. އަޅުގަނޑުމެންގެ ފޮރިން ސިޔާސަތުގެ ދަށުން ހާރިޖީ ގުޅުންތައް ބަދަހިކޮށް ބައިލެޓްރަލް ގުޅުންތައް ބަދަހިކޮށްގެން އަޅުގަނޑުމެންް މަސައްކަތްކުރާނަން. ރާއްޖޭގެ އެމްބަސީތަކާ ހައިކޮމިޝަންތަކެއް އެކިގައުމުތަކުގަ އެބަހުރި. އެއީ ހަމައެކަނި ސަރުކާރާ ގާތް ގުޅުން އޮންނަ މީހުންނަށް ވަޒީފާ ދީފަ ހުންނަތަނެއް ނޫން. އެއީ ދައުލަތުގަ މަސައްކަތް ކުރަން ނުވަތަ ދައުލަތުގަ މަސައްކަތްކުރަން ރައްޔިތުންގެ ހާދިމުންގެ ގޮތުގަ ތިބޭ މީހުން މަސައްކަތްކުރާތަނެއް. އެތަނުން އަންނަ ގެސްޓުހައުސް ހިންގާ މީހުންގެ ގެސްޓު ހައުސް ޕްރޮމޯޓްކުރަން މަސައްކަތްކުރަން ޖެހޭނެ. އެ މީހުން ޖެހޭނެ ރާއްޖޭގަ ވިޔަފާރު ކުރާ މީހުންނަށް މަގުފަހިވާގޮތަށް މަސައްކަތްކުރަން. ވިޔަފާރިވެރިނަށް ފަހި ފުރުސަތު ހޯދައިދޭން. ޓްރޭޑް ފެއާތައް ބޭއްވޭނެ ގޮތް ހޯދަދޭން. ހުރިހާ އެމްބަސީސްތަކުގަ މަސައްކަތްކުރާ ހުރިހާ ފަރާތްތައް މި ކެމްޕެއިންތަކުގަ ނުކުމެ ރާއްޖޭގެ ކަންތައްތައް ކުރަންޖެހޭނެ. ރާއްޖެ ޕްރޮމޯޓް ކުރަންޖެހޭނެ،”

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަޗަމުން އިލްޔާސް ވިދާޅުވީ ދިވެހިރާއްޖެއަކީ މޫސުމީގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި “ޗެމްޕިއަން” ގައުމެއް ކަމަށެވެ. އެގޮތުން ދުނެޔެ ހޫނުވުން ހުއްޓުވުމަށް މަސައްކަތްކުރާ ގައުމުތަކާ ގާތް ގުޅުމެއް ބާއްވާ އަދި ދިވެހިރާއްޖެއާ ދެކޮޅު ހަދާ މީހުންނާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭކަމަަށްވެސް އިލްޔާސް ވިދަޅުވިއެވެ.

އިލްޔާސް ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ހުރިހާ ގައުމަކާވެސް ގާތް ގުޅުމެއް ބާއްވާނެކަމަށެވެ. އެގޮތުން އިންޑިއާއިން ފެށިގެން ގޮސް ޗައިނާއާ ހަމައަށްްވެސް ގާތް ގުޅުން އޮންނާނެކަމަށެވެ. އަދި ދިވެހިރާއްޖެއާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެގޮތް ދަ ޑިމޮކްރެޓްސް އަށް އެނގޭކަމަށް ވެސް އިލްޔާސް ލަބީބް ވިދާޅުވިއެވެ.

ފަހުގެ