ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކަކާއި ބޭރު ފައިސާތަކާއި ދިވެހި ރުފިޔާތަކާއި އެކު 24 އަހަރުގެ ފިރިހެނަކު އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން ޖެނުއަރީ 06 ދުވަހުގެ ފަތިހު 4:30 ހާއިރު ފުލުހުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިކުރުމުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނައަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކާއި ގަހަނާތަކާއި އިންޑޮނޭޝިއާގެ -1000ރ (އެއްހާސް ރުފިޔާ) އާއި ދިވެހި ރުފިޔާ ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މައުލޫމާތު ދެއެވެ.
މިވައްކަމުގެ މައްސަލައާއި ގުޅިގެން ފުލުހުން އެތަކެތި ހޯދާފައިވަނީ ވައްކަން ހިނގިކަމުގެ ރިޕޯރޓް ފުލުހުންނަށް ހުށަހެޅުމުގެ ކުރިން ކަމަށާއި އެތަކެތި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގެ ފުލުހުންނަށް ހޯދިފައިވަނީ އެތަކެތި ހުރި ފޮށިގަނޑުގެ ބޭރުގައި ލިޔެފައި އިން އެޑްރެހެއްގެ އެހީގައި ކަމަށްވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން މައުލޫމާތު ދެއެވެ.
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެތަކެތީގެ ވެރިފަރާތް ހޯދާ ފުލުހުން މިހާރު ވަނީ އެތަކެތި ހަވާލުކޮށްފައެވެ.
ވައްކަމުގެ މިމައްސަލަ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.