“ފުލުހުންނަކީ ރައްޔިތުން- ރައްޔިތުންނަކީ ފުލުހުން” ނަމުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފަށައިފި

ހުޅުމާލޭގައި ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ” ފުލުހުންނަކީ ރައްޔިތުން- ރައްޔިތުންނަކީ ފުލުހުން” ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ވިޔަފާރިކުރާ ބައެއް ތަންތަނަށް ފުލުހުން ޒިޔާރަތްކޮށް ހޭލުންތެރިކޮށް ކުށްމަދުކުރުމުގެ ގޮތުން ތަފާތު މަޢުލޫމާތާއި ހުޅުމާލޭގައި އަމާން ވެށްޓެއް ޤާއިމްކުރުމުގައި ފުލުހުންނާއި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ހޯދާފައިވާކަމަށް ފުލުހުން ބުނެ އެވެ.

“އަޅުގަނޑަށް އެއްވެސް މިންވަރަކަށް ފަހުމެއް ނުވޭ ފުލުހުން އެ ވިދާޅުވާ އެއްޗެއް. މިކަން އަޅުގަނޑަށް ވައްތަރީ ކެންޕޭނަކާ ގޭގެއަށާއި ފިހާރަތަކަށް ވަދެ މީހުންގެ މައުލޫމާތު ނަގާހަދަނީ.” ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ފުލުހުންގެ ޚިދުމަތާއި ދޭތެރޭ ރައްޔިތުން ދެކޭގޮތާއި ވިޔަފާރި ކުރާތަންތަން ވަށައިގެން ވާ ވެށި އިނގޭ މިންވަރާއި ބެހޭގޮތުން ފީޑްބެކް ފޯމުވެސް ފުރަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.

ފަހުގެ