ފުލުހެއްކަމަށް ބުނެ އަންހެނެއްގެ އަތުން ފައިސާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

ފުލުހެއްކަމަށް ބުނެ އަންހެނެއްގެ އަތުން ފައިސާ ހޯދަމުން ދިޔަ އުމުން 40 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިމަހު 17 ވަނަ ދުވަހު ފުލުހެއްކަމަށް ބުނެ ޢާއްމު ރައްޔިތަކު ބުލެކްމެއިލްކޮށް ފައިސާ ހޯދަމުން ދާކަމަށް ހުށަހެޅި މައްސަލައާއި ގުޅިގެން މީނާ ހޯދުމަށް ކުރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އެދުވަހުގެ ރޭ 21:45 ހާއިރު އަމީނީމަގު ފުލެޓް ކައިރިން ހިނގާފައިދަނިކޮށް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފައިވެއެވެ.

މިމީހާ ވަނީ 2 ފަހަރެއްގެ މަތިން އަންހެން މީހާގެ އަތުން 5000 ރުފިޔާ ހޯދާފައި ކަމަށާއި މިމީހަކީ މީގެ ކުރިންވެސް މިބާވަތުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހެއްކަމަށް ޕޮލިސް ސާވިސް އިން މައުލޫމާތުދެއެވެ.

މި މައްސަލަ ކުރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

ފަހުގެ