ިއްސާރައިގައި ހޯރަފުށީގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ފެންބޮޑުވެ 120 އަށް ވުރެ ގިނަ ގޭގެ އަށް ފެންވަދެ ދިރިނޫޅެވޭވަރަށް ގެއްލުންވެއްޖެ އެވެ.
ފެންވަނުމުގެ ސަބަބުން އެގޭގޭގެ ހިފާގެންގުޅޭ ސާމާނާއި، އިލެކްޓުރޯނިކް ސާމާނުވަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފަ އެވެ.
ފެންބޮޑުވުމުގެ ސަބަބުން އެރަށު ސިއްހީ މަރުކަޒައްވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެރަށު ސިއްހީމަޒުކަޒުގައި ހުރި ވެކްސިންތައްވެސް ވަނީ ހަލާކުވެފަ އެވެ. މީގެ އިތުރުން އެރަށުގެ ރީތިފެން ފަށަލަ ތަގައްޔަރުވުމުގެ ސަބަބުން އެރަށު ރައްޔިތުންވަނީ ފެނަށްވެސް ޖެހިފަ އެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުވެސް ވަނީ ހޯރަފުށީގެ ހާލަތުބައްލަވާލެއްވުމަށް އެރަށައް ޒިޔާރަތް ކުރައްވާފަ އެވެ.