މިއަދު އައްޑުއަށް ދެ ނަގޫރޯޅި އަރައިފި އެވެ.
އެންމެ ފުރަތަމަ ނަގޫރޯޅި އަރާފައި މިއަދު މެމްދުރު ހުޅުދޫއަށެވެ. އޭގެ ފަހުން މިއަދު އިރުއޮއްސުނު ވަގުތު ފޭދޫއަށްވެސް ވަނީ ނަގޫރޯޅިއެއް އަރާފަ އެވެ.
ހުޅުދޫއަށް އެރި ނަގޫރޯޅީގައިވަނީ އެރަށު ގެއެއްގެ ފުރާޅު އެއްލާފައިވާއިރު، ފޭދުއަށް އެރި ނަގޫރޯޅީގައި ވަނީ ތިން ގެއެއްގެ ފުރާޅު އެއްލާލާފަ އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގިނަރަށްރަށުގައި ވަނީ ފެންބޮޑުވެ މީހުންގެ މުދަލަށްވެސް ގެއްލުންވެފަ އެވެ.