ޕާޝިއަން ގަލްފު ބެލެހެއްޓުމުށް އީރާނުން ރަޝިއާއަށް ދައުވަތު

ޕާޝިއަން ގަލުފުގެ ސަލާމައް ބެލެހެއްޓުމަށް ރަޝިއާގެ ހިޔާލުތަކާ އަދި އެއްބަސްވުން ތަކާއެކެ އީރާނުން ދާން ތައްޔާރުކަމަށް އީރާނުން ބުނެފިއެވެ. 

އީރާނުގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފު ރަޝިއާގެ ފޮރިން މިނިސްޓަރު ސާރޖީ ލަވްރޯވްއާ ރަޝިއާގައި ބައްދަލުކުރުމަށް ފަހު ބުނެފައިވަނީ އީރާނުން ޕާޝިއަން ގަލްފުގެ ސަލާމައް ބެލެހެއްޓުމުގެ ދައުވަށް ރަޝިއާއަށް ދީފައިވާ ކަމަށާ އަދި ރަޝިއާގެ ހިޔާލުތަކާއެކު އެއްބަސް ވުމަކަށް ދާންވެސް ތައްޔާރު ކަމަށެވެ. 

ރަޝިއާއިން މިކަމަށް ބުނެފައިވަނީ އެ ސަރަހައްދުގެ ސަލާމައް ދެމެހެއްޓުމަށް އީރާނާއެކު ރަޝިއާ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރިކަމަށެވެ. އަދި މި ސަރަހައްދަކީ ވިޔަފާރީގެ މުހިއްމު މަގެއް ކަމުން ސަލާމައް ދޭން ރަޝިއާއިން ވެސް ބޭނުން ކަމަށެވެ. 

އިންގިރޭސިވިލާތުން އީރާނުގެ ތެޔޮ ޓޭން ކަރު ހިފެހެއްޓި ފަހުން ޕާޝިއަން ގަލްފުގެ ހަމަނުޖެހުން ވަނީ އިތުރުވެފައެވެ، އެގޮތުން އީރާނުން ވަނީ އިންގިރޭސިވިލާތަށް ނިސްބައްވާ ތެޔޮ ޓޭންކަރެއްވެސް ހިފަހައްޓާފައެވެ. އަދި އެމެރިކާ މިހާރުވެސް އަންނަނީ އެންޓި-އީރާން ކޯލިޝަން އުފައްދައިގެން ޕާޝިއަން ގަލްފުގައި އަސްކަރީ ގޮތުން އެެމެރިކާއެކު ބައިވެރި ވުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު