ހާޝިމަށް ކޮމެޓީން ރުހުން ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމަށް ޢަލީ ހާޝިމް އައްޔަން ކުރެއްވުމަށް ރުހުންދޭން މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށް ރުހުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ގަވަރުނަރުކަމުގެ މަޤާމަށް މައްޗަންގޮޅި މއ. ޑާޗާ، ޢަލީ ޙާޝިމް ޢައްޔަން ކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވީ، އޮގަސްޓު މަހު 28 ވަނަ ދުވަހުއެވެ.

އަލީ ހާޝިމް އަކީ 2008 އިން 2010 އަށް މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ގަވަރުނަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު ނަސީރު މިދިޔަ ޖުލައިމަހުގެ 24 ވަނަ ދުވަހު މަޤާމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު