އިޒްރޭލާއި ލުބުނާނާއި ދެމެދު މިސައިލު ހަމަލާތަކެއް ބަދަލު ކުރަން ފަށައިފި

ނިމިގެން ދިޔަ ހަފްތާގައި އިޒްރޭލުން ލެބަނަންގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން ދެގައުމުގެ ކޯޅުން ހޫނުވެ މިއަދު ލެބަނަން އިން ވަނީ އިޒްރޭލުގެ އަސްކަރީ ސަރަހައްދުތަކަށް އެންޓި-ޓޭންކު މިސައިލް ހަމަލާތަކެއް ދީފައެވެ.

މި ހަމަލާއި ގުޅިގެން އިޒްރޭލުން ވަނީ ރައްދު ދިނުމުގެ ގޮތުން ލުބުނާނަށް އަށް ވައިގެ ހަމަލާތަކެއް ދީފައެވެ. 

އިޒްރޭއިލް އަދި ލުބުނާން ބޯޑަރު ސަރަހައްދުގައި އުޅޭ އިޒްރޭލް އާމުން ސަރަހައްދު ދޫކޮށް ނުދިއުމަށާ އަދި ސަލާމަތީ ތަންތަން އިޒްރޭލް ޑިފެންސް ފައުޖުން ފޯރު ކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

ލުބްނާންގެ ގައުމީ ޓީވީ ޗެނަލް އިން ބުނެފައިވާ ގޮތުގައި މިސައިލް ހަމަލާތަށް ދީފައިވަނީ ހިޒްބުއްލާ ޖަމާއަތުންނެވެ.

ސުބްނާން ސަރުކާރުން އަދި މިކަމާ އެއްޗެއްކޭ ބުނެފައި ނުވެއެެވެ. 

ކިޔުންތެރިންގެ ހިޔާލު