ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ޢަބްދުﷲ ދީދީ އެ މަޤާމުން ވަކިކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރެއްވި އިއުލާންގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 5 ވަނަ ދުވަހުގެ 12.00ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. އެ ފުރުޞަތު މީގެ ކުރިން އޮތް ގޮތުން ނަމަ މިއަދުގެ 12.00ގެ ނިޔަލަށް ހަމަވާނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޢަބްދުﷲ ދީދީ ވަކިކުރެއްވީ އޭނާ އެ މަޤާމުން ވަކި ކުރުމަށް ފެންނަ ކަމަށް ނިންމައި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެއާއެކު މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ 4 ފަނޑިޔާރުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު