ރިލްވާން ވަނީ ކަނޑު އުޅަނދަކަށް އަރުވައިގެން ގެންގޮސް މަރާލައިފަ: މަރު ކޮމިޝަން

މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާން ވަނީ ކަނޑު އުޅަނދަކަށް އަރުވައިގެން ގެންގޮސް މަރާލައިފަކަމަށް މަރު ކޮމިޝަނުން ހާމަކޮށްފިއެވެ.

"ރަތްކާރަށް އެރުވިއިރު ކުރީގަ ތީބި ދެމީހުންގެ ތެރެއިން އެކަކީ އާލިފް ރައުފް. ޑިންގިއަކަށް އަރުވައިގެން ގޮސް، ކަނޑުގަ ދުއްވާ އުޅާނދަށް އަރުވާގެން ގެންގޮސްް މަރާލައިފަ،" މަރުކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިލްވާން މަރަލީ ޝަހާދަތް ވެސް ކީފަހުންކަމަށާއި، އޭނާ ގައިގަ ދަލެއް އޮޅާލައި މަރާލީކަމަށް ވެސްް ބައެއް މީހުން ހެކިބަސް ދީފައިވާކަމަށެވެ.

ނޫސްވެރިއާ އަހުމަދު ރިލްވާން މަރާލުމުގައި ވެސް ބްލޮގާ ޔާމިން ރަޝީދު މަރާލުމުގައިވެސް ހަރަކާތްތެރިވި މީހުންނާއި، އެއް ޖަމާއަތެއް ކަމަށް ދޭހަވާ މޭރުމަކުން ސުއޫދު ވާހަކަ ދެއްކެވިއެވެ. ސުއޫދު ވިދާޅުވީ ދެ މީހުން މަރާލުމުގަ ވެސް ފަންޑު ކުރީ އެއް ޖަމާއަތަކުންކަމަށެވެ.

މަރު ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިލްވާން މަރާލަން އިންޒާރު ދިނީ ސީރިއާގަ ހަރަކާތްތެރިވާ ބިލާދުއް ޝާމުން ކަމަށެވެ. ނަމަވެސް ރިލްވާން މަރާލީ ރާއްޖޭ ހަރަކާތްތެރިވާ އެ ޖަމާއަތުގެ މީހުންކަމަށެވެ.

ރާއްޖޭގަ މީހުން ރެކުރޫޓު ކުރާ ސޯޝަލް މީޑިއާ ގުރޫޕަކުން "ޝަރީއާ ފޯ މޯލްޑިވިސް" ނަމުގައި ގުރޫޕެއް ހިންގާކަމަށް ވެސް ވިދާޅުވިއެވެ.

"ޝަރީއާ ފޯ މޯލްޑިވްސް" އަކީ 2014 ވަނަ އަަހަރު އިސްލާމިކް ސްޓޭޓްގެ ދިދަ ހިފައިގެން މުޒާހަރާކުރި މީހުންްނެވެ.

ނަމަވެސް ސޫއޫދު ވިދާޅުވީ ރާއްޖޭގައި ލޭ އޮހުރުވާފަ ހުރީ އަލްގައިދާއަށް ތަބާވާ ޖަބަހަތުއް ނުސްރާ ޖަމާއަތްތަކުންކަމަށެވެ. ނަމަވެސް އައިއެސް ފަޅިން ރާއްޖޭގަ ލޭ އޮހުރުވުން ނުހިންގާކަމަށް ވެސް ވިދާޅުވިއެވެ.

މިގޮތުން ސުއޫދު ވަނީ ރިލްވާން ލިއުނު ލިއުމަކާ ގުޅިގެން ސީރިއާގަ ހަރަކާތްތެރިވާ ބިލާދުއް ޝާމްގެ އަބޫ ދުޖާން ކިޔާ މީހަކަށް ކޮށްފައިވާ މެސެޖުތަކެއް ކިޔާފައެވެ. އަދި ރިލްވާންގެ ވަގުތު ކައިރިވެއްޖެކަމަށް ބުނެ އިންޒާރު ދީފައިވެއެވެ. ނަމަވެސް އެމީހާ ވަނީ ސީރިއާގަ ފަހުން މަރުވެފައެވެ.

އިސްމާއިލް އަބްދުއް ރަހީމް ކިޔާ މީހަކު ރިލްވާން އަށް ފާރަލާފައިވާކަމަށް ވެސް ބުނެއެވެ. އިލްމާއިލް އަކީ ހަނގުރާމައަށް ސީރިއާއަށް ވަންނަން އުޅެނި ތުުރުކީ ބޯޑަރުން ހިފަހައްޓާއި ރާޢްޖެެ ފޮނުވާލި ނަމަވެސް، ތުރުކީން ލިބެންޖެހޭ ލިއުމެއް ނުލިބިގެން ދޫކޮށްލި މީހެއްކަމަށް ސުއޫދު ވިދާޅުވިއެވެ.

"ދީނީ ހަރުކަށި ޖަމާއަތަކީ. ދިވެހިރާއްޖެއިން ހަނގުރާމަކުރުމަށް ހަރަކާތްތެރިވާ ޖަމާއަތެއް. ސީރިއާއަށް ފޮނުވާ ހަނގުރާމަވެރިންނާ އެ ޖަމާއަތާ ގުޅުންއޮވޭ،"

ސޫދު ވިދާޅުވީ ރިލްވާން މާރާލީ ނުވަތަ ގެއްލުވާލީ މިނިވަން ފިކުރާ ޖިހާދީ ފިކުރާ ދެމެދު ދިޔަ ހަމަނުޖެހުންތަކެއްގެ ތެރެއިންކަމަށެވެ.

މާދަމާ ޕްރޮސެކިއުޓާ ޖެނެރަލްއާ ބައްދަލުކުރާއްވާނެކަމަށާއި އެއީ މިހާރު ހުރި ރަނގަޅު ހެކިތަކެއްތޯ ބެލުމަށް ހުސްނުއް ސުއޫދު ވިދާޅުވިއެވެ.

"މި މައްސަލައިގަ ކަން ހިނގާފަ އޮތް ގޮތަށް ބަލާއިރު ފުރަތަމަ ބަލާލާނީ 2010 އަދި 2011 އަކީ ވަރަށް މުހިންމު ދެ އަހަރު.. މިނިވަން ހިޔާލުގެ ބަޔަކާ ޖިހާދީ ވިސްނުމުގެ ބަޔަކާ އަރާރުން ވުމުގެ ފެށުން ފެންމަތިވި ދުވަސްވަރު. މި ފިކުރީ އަރާރުން ފެށުނީ ސޯޝަލް މީޑިއާގަ ނަމަވެސް، މިނިވަން ފިކުރުގެ މީހުން މަރާލުމާ ހަމައަށް ކަންކަން ދިޔަ،" ސުއޫދު ވިދާޅުވިއެވެ.

ސޫދު ވިދާޅުވީ ތަހުގީގީ ނަޒަރަކުން ބަލާނަމަ ބައެއް މައުލޫމާތު މިވަގުތު ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު