ދިވެހިން ބޭނުންވަނީ ތާހިރު ދިރިއުޅުމެއް: މަޖްލިސް ރައީސް

ދިވެހިން ބޭނުންވަނީ ތާހިރު ދިރިއުޅުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހަތަރު ވަނަ ސައުތު އޭޝިއަން ސްޕީކާސް ސަމިޓުގަ ވާހަކަ ދައްކަވަމުން މަޖްލިސްތަކުގެ ރައީސުންނަށް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ އުފާވެރި ދިރިއުޅުމެއް އުޅުމަށްކަަމަށެވެ. އަދި އދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްގެ އަމާޒަކީ ވެސް ދިރިއުޅުން ރަނަގަޅު ކޮށްދިނުންކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން އަބަދުވެސް ބޭނުންވަނީ ރަނގަޅު ދިރިއުޅުމެއް. ބޯހިޔާވަހިކަމެއް. ދާއިމީ ވަޒީފާއެއް. އަދި ރަނގަޅު މުސާރައެއް. ދަަރިންނަށް ކިޔަވައިދޭން. ރަނގަޅު ސްކޫލުތަކެއް. ބަލިވީމަ ބޭސް ކުރެވޭނެގޮތެއް. ފެން. ނަރުދާ. ދާއިމީ ކަރަންޓު. ރަށުގައި ހުރެ ފޫހިވެެގެން ހަލާކުވާކަށް ވެސް ބޭނުމެއް ނޫވޭ. ބޭނުންވަނީ ރަނގަޅު ދިރިއުޅުމެއް. އެމީހުން ބޭނުންވަނީ އުފާވަން. ނާއިންސާފުން ކަމެއް ވާކަށްވެސް ބޭނުމެއް ނޫވޭ. ބޭނުންވަނީ އިންސާފު. އެމީހުން ބޭނުންވަރީ ރައްޔިތުން އިިންތިހާބުކުރާ މީހަކު ވެރިކަން ކުރަން. އަދި ރަނގަޅު ވެރިކަމެއް ބޭނުންވޭ. ދިވެހި ބަހުން ބުނާނަމަ 'ތާހިރު ދިރިއުޅުމެއް'" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަސްޓެއިނަބަލް ޑިިވެލޮޕްމަންޓު ގޯލްސްގެ ބޭނުމަކީ ދިރިއުޅުން ރަނގަޅުކޮށްދިނުންކަމަށެވެ.

"ސަސްޓެއިންނަބަލް ޑެވެލޮޕްމަންޓް ގޯލްސް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ޑިމޮކްރަޓިކް ވެރިކަމަކަށް. އަޅުގަނޑުމެނުންގެ މޫސުމަށް ދިމާވާ މައްސަލަތަކާ. އިގްތިސާދީ މައްސަލަތާކާ. ސިޔާސީ މަައްސަލަތައް ހައްލުކުރަން އެބަޖެހޭ،"

ސަސްޓެއިނަބަލް ޑިވެލޮމްޕަންޓް ގޯލްސް ހާސިލު ވާނީ ހަމަބުއްދިން ވިއްސްނާ ގައުމުތަކަށް އެކަނިކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އާދަމުގެދަރި

    މިހެން ކިޔައިގެން ރައްޔިތުން ގުނބޯހެއްދުން ނޫންކަމެއް ކުރޭބާއޭ ހިތައް އަރަނީ… 2008 ގައި ވެރިކަމަށް އަންނަންވެގެން ކީ “އަނެއްދިވެހިރާއްޖެ” އަށް ތަމެން ކުދިން ގެންދަންށޭ މި އުޅެނީ ރަނގަޅަށް ރިހާކުރުން ދަތްއުނގުޅައިގެން ތިބޭށޭ…އެކަމް ކީއްކުރާނީ ތޯ… މިފަހަރު ވެރިކަމަށް އަންނަންވެގެން ” ޖަޒީރާ ރާއްޖެ” އަކަށޯ ގެންދާނީ އަޅެ ފުންކޮށް ވިސްނާލައްވާ ކިހިނެތްތޯ ޤައުމު މިހިނގަނީ ވިސްނާ ފިކުރު ނުކޮށް އަތްޖެހިޔަކަސް ކަމަކު ނުދާނެ ހަންދާނީ ރިހުން ގަދަވާނީ އަތުގައިނޫންތޯ