ޒުވާނުންނަށް މިނިވަން ކަން ލިބިފައިވާ މިންވަރު ހާމަވެއްޖެ: މީކާއިލް ނަސީމް

އެމްޑީޕީގެ ޔޫތް ވިންގުގެ ކޮންގްރެސް އިން ހާމަވަނީ ޒުވާނުންނަށް މިނިވަންކަން ލިބިފައިވާ މިންވަރުކަމަށް ގަލޮޅު ދެކެނު ދާއިރާގެ މެމްބަރު އަދި ޒުވާނުންގެ ހިއްވަރުގެ ރައީސް މީކާއިލް ނަސީމް ޒުވާނުން ކޮންސުރެސް 2019ޖަލްސާގައި ވާހަކަ ދައްކަމުން ވިދާޅުވެއްޖެއެވެ. 

މީގެ ދެއަހަރު ކުރިން ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޔޫތު ފޯރަމްއަށް އައިސްފައިވަނީ އެންމެ 20 ޒުވާނުން ކަމަށާ އޭރު ކޮންގްރެސްއަށް ޒުވާނުން ގެނެވުނީ ވަރަށް މަސައްކަތުންކަމަށް މީކާއިލް ވިދާޅުވިއެވެ. 

ނަމަވެސް މިއަހަރު އެތައް ބައިވަރު ޒުވާނުންނެއް ކޮންގްރެސްގަ ބައިވެރިވީ މާބޮޑު މަސައްކަތަކާނުލާކަން މީކާއިލް ފާހަގަކުރެއްވިއެވެ. 

"އެމްޑީޕީ އަދި އެހެން ޕާޓީތަކާ އޮން ތަފާތަކީ އެމްޑީޕީގައި ތިބި ޒުވާނުންގެ އަދަދު. އެހެން ޕާޓީތަކުން ދާއިރާތަކަށް މެމްބަރުން ނެރޭއިރު ނެރެނީ ތައައްޔަރު ވެފައިވާ ފެންގަޑުން. އެމްޑީޕީ އިން އަބަދުވެސް ނެރެނީ އާ މޫނުތަކެއް"

އަދިވެސް މިގައުމުގައި ޒުވާނުން ކަން ކަމުގައި އިސްނަގައިގެން މަސައްކަތް ކުރާއިރު އެކަމަށް ފާޑު ކިޔާބަޔަކު ތިބި ކަމަށާ އެފަދަ މީހުން ބުނާ ބަސްތަކަށް އަޅާނުލުމަށް ވަނީ ގޮވާލާފައެވެ. ގައުމަށް ބޭނުންވާ ޒުވާނުން އަކީ އަޑު ގަދަ އަނގަ ގަދަ ނުވިކޭނެ އަދި އަމިއްލަ ނަފްސައް އިތުބާރު އޮންނަ ޒުވާނުން ތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. .

ކިޔުންތެރިންގެ ހިޔާލު

  1. އެމްޑީޕީ ތައައްޔަރު ވެފައިވާ.