އިމްރާން ބޭނުން ނުވިއަސް ބަގާވާތުގެ ފަސް ބައި ބަލަން ޖެހޭނެ!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބޭނުންފުޅު ނުވިއަސް 2012 ވަނަ އަހަރުގެ ފެބުރުއަަރީ 7 ވަނަ ދުވަހު ރާއްޖޭގެ ރައްޔިތުންގެ ލޯ ކުރިމަތީގަ ކުރި ބޮޑު ބިޔަ ބަގާވަތް އަލުން ބަލައި ތަހުގީގުކުރަންޖެހެއެވެ.

އެ ބަގާވާތް އަލުން ބަލަން ޖެހޭނެކަމަށް މި ބުނާ ފުރަތަމަ ސަބަބަކީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ (ކޯނީ) ގެ ނަމުގައި ހިންގި ސިޔާސީ މުއައްސަސާގެ ރިޕޯޓު ނެރުނީ އޭރު ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދުގެ ނުފޫޒު އޭގެ މައްޗަށް ފޯރުވައިގެން ހާމަވާނެ އެތައް ސަބަބެއް އެބައޮތެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ތަހުގީގުކުރުމަށް ރައީސް ޑރ.ވަހީދު އުފައްދަވާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަން (ކޯނީ) އަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުންނަވާ މެމްބަރު އަހްމަދު ސައީދު (ގަހާ ސައީދު) ކޮމިޝަންގެ މެންބަރުކަމުން 29 އޮގަސްޓު 2012 ވަނަ ދުވަހު އިސްތިއުފާ ދެއްވީ ވެސް އެ ރިޕޯޓުގައި ބައެއް ހެކިން ނުހިމަނާތީއެވެ.

އިއްޔެ އިމްރާން އަބްދުﷲ މަޖިލީހަށް ވަޑައިގެން ކޯނީ ރިޕޯޓުގެ ވާހަކަ ފުޅު ވިދާޅުވާއިރު، އެ ރިޕޯޓު އެކުލަވާލާފައިވަނީ ހެކިންގެ ހެކިބަހަށް ރަނގަޅަށް ރިއާއަތްވެސް ނުކޮށެވެ. ކޯނީގެ މެންބަރުންނަށް ލިބިލެއްވި އަގުބޮޑެތި ހަދިޔާތަަކުގެ މަތިން އަދި ދިވެހިން ހަނދާނެއް ނުނެތެވެ.

ގައުމުގެ މަސްލަހަތު ގެއްލުނީ ބަގާވާތުގެ ސަބަބުން:

ފެބުރުއަރީ 7 ވަނަ ދުވަހު ކުރި ބަގާވާތް އަލުން ތަހުގީގު ކުރަންޖެހޭ ދެ ވަނަ ސަބަބަކީ މިގައުމުގައި 2008 ވަނަ އަހަރު ގެނައި ޑިމޮކްރަޓިކް ވެރިކަން ބަގާވާތަކުން ވައްޓާލުމެވެ.

މި ބަގާވާތުގެ ފައިދާ ލިބިލެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން ވަނީ ދައުލަތުގެ ބަޖެޓުން 1.2 ބިލިއަން ރުފިޔާ "ދިރުވާލާފަ" އެވެ. މިއީ އެނގިގެން ފަރިއްކުޅުނުވަރެވެ.

މިއަދު މިގައުމުގައި އޮތް ކޮންމެ މައްސަލައެއްގެ މޫ ގޮސް ބަގާވަތާ ގުޅެއެވެ. ދީނީގޮތުން "ކާޑު" ކުޅުއްވައިގެން ވެރިމީއާ ދެކޮޅަށް ނުކުތުން ހުއްދަކުރެއްވީ ކޮންބޭފުޅުންނެއްތޯއެވެ؟

ދީން ސިޔާސީ ހަތިޔާރަކަށް ހެދުން ހުއްޓުވުން: 

ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިސްލާމް ދީން ބޭނުންކުރުމަކީ ވަރަށް ބޮޑު ގޯހެއް ދާދި ފަހުން ސުޕްރީމްކޯޓުގެ ޖަޖުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެ ނަންފުޅު ފޮނުވުމުން ބަޔަކު ދީން ހަތިޔާރެއްގެ ގޮތުގައި ނަގައި އަމަލުކުރި ގޮތް ފުދެއެވެ.

ޝެއިހް އިމްރާން ރައީސްކަަން ކުރައްވާ އަދާލަތު ޕާޓީން ނެރުއްވި ފަތުވާގަވެސް ވަނީ އެކަން ވަރަށް ރަނަގަޅަށް ބަޔާންކޮށްދެއްވާފައެވެ.

ރާއްޖޭގަ ދީން ހަތިޔާރަކަށް ހަދައިގެން އެންމެ ބޮޑު ގެއްލުމެއް ލިބި ލެއްވި އެއް ބޭފުޅަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނުގެ ވެރިކަން ބަގާވާތަކުން ފުރޮޅާލުމަށް ބަޔަކަށް ހިއްވަރު ލިބުނު އެއް ސަބަބަކީ  ވެސް ދީން ހަތިޔާރަކަށް ހަދައިގެން އޭގެ ސިޔާސީ ބޭނުން ހިފުމެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ޒަނީނު

    ދީން ހަތިޔާރަކަށް ހެދީ އިމްރާން ބޭނުންވީ މަޤާމު އެލިބުމުން އެކަން ނިމުނީ އަދާލަތަށް ގިނަ މަޤާމު ވެސް ……..

    2
    1