ޖީއެމްއާރު އަތުން އެއާޕޯޓު އަތުލައި އަންނަ ފެބްރުއަރީ ހަތެއްގައި އުފާފާޅުކުރުން އޮންނާނެކަމަށް ޝައިޚް އިމްރާން ވިދާޅުވެއްޖެ

އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރް އަތުން އަތުލައި 2013 ވަނަ އަހަރު ފެބުރުއަރީ ހަތް ވަނަ ދުވަހު އުފާފާޅުކުރުން އޮންނާނެ ކަމަށް “ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް” މި ޙަރަކާތުން ބުނެފިއެވެ.

މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޙަރަކާތުގެ ސްޓިއަރިން ކޮމިޓީގެ ޗެއާމަން އަދި ޢަދާލަތުޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ ” 1968 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ހަތްވަނަދުވަހު (ހުޅުލޭއެއާޕޯޓު) ބިނާކުރުމަށްޓަކައި ބިންހިއްކީ ކަޑައެއް ޖަހައިގެން. އެހެންވީމާ 2013 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ހަތްވަނަދުވަހު އެއާޕޯޓު މިނިވަންކުރުމަށްފަހު ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދިވެހިރައްޔިތުން އުފާފާޅުކުރުން ބާއްވާނަން. މާދަމާ ލިބުނަސް އަޅުގަނޑުމެންނަށް އެދުވަހު އުފާފާޅުކުރެވޭނެ.” ކަމުގައެވެ.

ޝައިޚް އިމްރާން ވިދާޅުވީ އަންނަ ނޮވެމްބަރުމަހުގެ ތިންވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުމަހާ ސިންތާގެ ޙަރަކާތްތައް ތިނެއް ނޮވެމްބަރުން ފެށިގެން ނުވައެއް ނުވެމްބަރާ ދެމެދުގަ އެއާޕޯޓް ހަފްތާއެއް ފާހަގަކުރުމަށް ނިންމާފައިވާކަމަށެެވެ. ތިނެއް ނޮވެމްބަރުގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު މަހާސިންތާ ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ ނުވަވަނަދުވަހުއެވެ.

ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް މިޙަރަކާތުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ޢަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ރިފޯމްމޫވްމަންޓްގެ އިތުރުން މަދަނީ ޢިއްތިހާދުގެ ބޭފުޅުންނެވެ. ކުރިންވެސް މިކަމުގައި ބައިވެރިނުވާ ޑީއާރުޕީއާއި، އެންމެބޮޑަށް ޖީއެމްއާރާ ދެކޮޅަށް އަޑުއުފަލުން އައި ޕީޕީއެމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުން ނުފެނެއެވެ.

ފަހުގެ