މީގެ 12 އަހަރު ކުރިން، ރާއްޖޭގަ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރު އައްޔަނު ކުރެވުނީތީ ފަހުރުވެރިވަން: ރައީސް މައުމޫން

މީގެ 12 އަހަރު ކުރިން، ރާއްޖޭގަ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރު އައްޔަނު ކުރެވުނީތީ ފަހުރުވެރިވާކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު މިއަދު ވިދާޅުވީ، އޭރު އެކަން ކުރެއްވީ އިސްލާމީ އުސޫލުގެ ތެރެއިން ޖިންްސުގެ ހަމަހަމަކާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުމުގެ މަގުސަދުގައި ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހިޔާލު ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެ އަންހެން ބޭފުޅުންގެ ނަންފުޅު ފޮނުވުމުން އެކަމާއި ދެކޮޅަށް އިސްލާމިކް މިނިސްޓްރީގެ ފަތުވާ ކޮމެޓީން ވަނީ ގަރާރެއް ނެރިފައެވެ. އޭގައި ބުނެފައިވަނީ އަންހެނުންނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމްކަމެއް ކަމަށެވެ.

ނަމަވެސް އިއްޔެ ރައީސް މައުމޫން ވިދާޅުވެފައިވަނީ އަންހެނުން ފަނޑިޔާރުކަން ކުރަން ހުއްދަކުރާ ދީނީ އިލްމުވެރިން ވެސް ތިއްބަވާކަމަށެވެ.

ރައީސް ސާލިހު ޖޭއެސްސއަށް ފޮނުއްވި ދެ ނަންފުޅަކީ މ.ސީނާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި މ.ކޮކާހަނދުވަރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދެވެ.

ބައެއް މީހުން އަންނަނީ ފަތުވާ ކޮމެޓީގެ ދިފާއިގަވެސް ވާހަކަ ދައްކަވަމުންނެވެ. މި މައްސަލައކީ ހިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ.

ރައީސްް އިއްޔެ ޖޭއެސްސއަށް ފޮނުއްވި މ.ސީނާ ޑރ.އަޒްމިރަލްޑާ ޒާހިރު (ކ) އަދި މ.ކޮކާހަނދުވަރު (ވ) އަލްއުސްތާޛާ އައިޝާ ޝުޖޫން: ---

ކިޔުންތެރިންގެ ހިޔާލު