ފަތުވާ ކޮމެޓީއަށް ފާޑުކިއުން އާމާޒުވެއްޖެ!

ރައީސްް އިއްޔެ ޖޭއެސްސއަށް ފޮނުއްވި މ.ސީނާ ޑރ.އަޒްމިރަލްޑާ ޒާހިރު (ކ) އަދި މ.ކޮކާހަނދުވަރު (ވ) އަލްއުސްތާޛާ އައިޝާ ޝުޖޫން: —

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދިވެހިރާއްޖޭގަ އަލަށް އަންހެން ފަނޑިޔާރުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން އަށް ފޮނުވުމާ ގުޅިގެން، އިސްލާމިކް މިނިސްޓްރީގެ ފަތުވާކޮމެޓީން ވަނީ ފަތުވާއެއް ނެރި އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމްކަމެއްކަމުގަ ބުނެފައެވެ.

ފަތުވާކޮމެޓީން ނެރުނު މި ފަތުވާއާއެކު ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގަ ސީދާ ގޮތުންނާއި ނުސީދާގޮތުން ފާޑުކިޔަމުންނެވެ.

ގިނަބައެއްގެ ކަންބޮޑުވަމަކީ ކުރިން ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ގާނޫނާއި ހިލާފު އެތައް އަމަލެއް ހިންގަމުން ދިޔައިރުވެސް ފަތުވާ ކޮމެޓީ މަޑުން އޮވުމެވެ.
އަދި ފަނޑިޔާރުގޭގެ އިސްވެރިން ފަނޑިޔާރުންވެސް ހިމެނޭގޮތަށް ގިނަ ތުުހުމަތުތަކެއް ކުރެވެމުންދާއިރު، ވެސް ފަތުވާ ކޮމެޓީ މަޑުން އޮވުމެވެ.

"އޭރު ފަތުވާ ކޮމެޓީ އޮތީ ރައީސް ޔާމީން ބޭނުންގޮތަކަށް ފަތުވާނެރެދިނުމަށް މިއަދު މިފަނޑިޔާރު ސްޕްރީމްކޯޓަށް އައްޔަން ކުރަން ލަފައަކަށް އެދުނީމަ ފަތުވާކޮމެޓީ ގަދަނިދިންހޭލާ ހަރާން ކަމެއްކަން ބުނެފި އަނެއްކާ ދީނީ ކާރޑްޖަހާގެން ވެރިކަން ވައްޓާލަން ފަތުވާނެރެންފެށީ"  ޓްވިޓަގަ މީހަކު ބުނެފައިވެއެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހިޔާލު ހޯދުމަށް ރައީސްް އިއްޔެ ޖޭއެސްސއަށް ފޮނުއްވި ދެ ނަންފުޅަކީ މ.ސީނާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި މ.ކޮކާހަނދުވަރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދެވެ.

ބައެއް މީހުން އަންނަނީ ފަތުވާ ކޮމެޓީގެ ދިފާއިގަވެސް ވާހަކަ ދައްކަވަމުންނެވެ. މި މައްސަލައކީ ހިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު