ޓީވީއެމްގެ ކަރަންޓްބިލްތައް ނުދައްކައިގެން ކަރަންޓު ކަނޑާލަން އަތުވެއްޖެ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ހިންގާ ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް)ގެ ކަރަންޓު ބިލްތަކަށް ފަސްމަސްދުވަހަށްވާ، 7.1 މިލިއަން ރުފިޔާ ނުދައްކާ އޮވެގެން ކަރަންޓް ކަނޑާލަން ސްޓެލްކޯ އަތުވެއްޖެއެވެ.
މިއަދު ހެނދުނު ސްޓެލްކޯއިން އެ ތަނަށް ކަރަންޓްކަނޑާލަން ދިޔުމުން ޓީވީއެމްއިންވަނީ ގޭޓް ލައްޕައި އެމީހުން ވަނުމަށް ހުރަސްއަޅާފައެވެ. އެހެންނަމަވެސް ފަހުން އެ ތަނުގެ އިސްވެރިން ނުކުމެ، ސްޓެލްކޯގެ މީހުން ވައްދާފައި ވެއެވެ.

ޓީވީއެމް ހިންގާ ޢިމާރާތުގެ ބޭރުގައި ސްޓެލްކޯގެ ތިން މީހަކު މަޑުކޮށްގެން އެތައް އިރަކު ތިއްބެވެ. އެ މީހުން ނުވެއްދުމުން ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުސްއޮފީހަށް ގުޅާފައިވާކަމަށާ، އެހެންނަމަވެސް ފުލުހުންގެ އެހީތެރިކަން ބޭނުންނުކޮށް އެތެރެއަށް ވަދެވުމުން ފަހުން އެކަންނުކުރާކަމަށް މަޢުލޫމާތު ލިބެއެވެ.

ފަހުގެ