މިސްކިތްތަކުގެ ހަރިންމަތެރޭގައި ފާހިޝް އަމަލު ނުހިންމުގަމަށް އިލްތިމާސްކޮށްފި

މިސްކިތްތަކުގެ ހަރިންމަ ތެރޭގައި ފާހިޝް އަމަލު ނުހިންމުގަމަށް އައްޝެއިހު އަލީ ޒައިދު އިލްތިމާސްކޮށްފިއެވެ.

އަލީ ޒައިދު މިއަދު ވިދާޅުވީ، އީދު ފާހަގަ ކުރުމުގެ ނަމުގަ ބައެއް މީހުން ފާހިޝް އަމަލު ހިންގަމުން އަންނަކަމަށެވެ.

"މިސްކިތުގެ ހަރިންމަ ތެރޭގަވެސް އަންނަނީ މިފަދަ ފާހިޝު އަމަލުތައް ހިންގަމުން،" ޝޭހު މިރޭ ވިދާޅުވެފައިވެއެވެ.

އަލީ ޒައިދު މިހެން ވިދާޅުވިއިރު، އިއްޔެ ތ. ވޭމަންޑޫގަ ކުލަޖެހުމުގެ ތެރޭގަ 19 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި ރ. މަޑުއްވަރީގަ ސައިކަލެއްގަ ދިޔަ އަންހެނެއްގެ ގަޔަށް ފެން ޖެހުމުގެ ސަބަބުން އެމީހުން ސައިކަލުން ވެއްޓި ވަނީ އަނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު