އިންޑިއާގެ 73 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަކޮށްފި

އިންޑިއާގެ 73 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަކޮށްފިއެވެ.

އެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އިންޑިއާގަ ވެރިރަށް ނިއުދިއްލާގަ ވަނީ ހަފްލާއެއް ބާއްވާފަ.

އިންޑިއާއަށް މިނިވަންކަން ލިބިނީ 1947 ވަނަ އަހަރު އިނގިރޭސިންގެ އިސްތިއުމާރުން އެ ގައުމު ސަލާމަތް ވުމުން.

އިނގިރޭސިން އިންޑިއާއިން ފައިބަމުން ވަނީ ޕާކިސްތާނުގެ ނަމުގަ އިތުރު ގައުމެއް އުފައްދާފަ

އިންޑިއާގެ މައްޗަށް އެންމެ ފުރަތަމަ ބާރުވެރިވެރިވީ އީސްޓް އިންޑިއާ ކޮމްޕެނީން 1757 ވަނަ އަހަރު. އެ ކޮމްޕެނީން 100 އަހަރު ވަންދެން އިންޑިއާގަ ބާރު ހިންގި

އީސްޓް އިންޑިއާ ކޮމްޕެނީ ގެ ބާރު އިނގިރޭސި ވިލާތުގެ ރަސްކަމުގެ ދަށަށް ގެންދިޔައީ އެ ކޮމްޕެނީން އިންޑިއާގެ މައްޗަށް ބާރު ހިންގަމުން ގެންދިޔަތާ 100 އަހަރު ފަހުން

އިންޑިއާގެ 73 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުން ގެންދާއިރު، އެ ގައުމާއެކު މިނިވަންކަން ލިބުނު ޕާކިސްތާނާ ދެމެދު އޮތް ހަމަނުޖެހުން ވަނީ އިތުރުވެފަ

އިންޑިއަ ރައްޔިތުންނަކީ ވަތަނީ ލޯބި ބޮޑު ބައެއް. މިނިވަން ދުވަހުގެ ހަފްލާގައި ގިނައަދެއްގެ ރައްޔިތުން ބައިވެރިވި.

އިންޑިއާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބެއްވި ހަފްލާގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާގެ މިނިވަންކަން ހިފަހައްޓަން ކުރަންޖެހުނު ކޮންމެ މަސައްކަތްތެއްވެސް ކުރާނެކަމުގެ ޔަގީންކަން ދެއްވާފަ.

ކިޔުންތެރިންގެ ހިޔާލު

  1. ރަގަޅު މިއަދު ޕާކިސްތާނު މުސްލިމުން ރޮއި ނުކައި ނަމާދު ވެސް ނުކުރެވި އިންޑިޔާގެ އަނިޔާގައި ކުޑަމިނުން އަޟުހާ ޢީދުގެ އުފަލުންވެސް މަޙުރޫމް އިންޑިޔާ ބުދުތައް ވަށާ ސަޖިދަ ޖަހާ އުފާކޮއް ހަދަނީމިދުނިޔެއަކީ ނުބާ ނުލަފާ މަކަރުވެރި ޔަހޫދީ ނަށް އޮތް ހުވަފެނީ ޢާލަމަމެން އާޚުރަތް އޮތީ އިސްލާމުނަށް އިރާދަކުރެއްވިއްޔާ