އިނގެރޭސިން ހިފަހައްޓާފައިވާ ތެޔޮ ޓޭންކަރު ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް އީރާނުން ބުނެފި

އިނގެރޭސިން ޖުލައި މަހު ކުރީކޮޅުގައި ހިފަހައްޓާފައިވާ އީރާނުގެ ތެޔޮ ޓޭންކަރު 'ގްރޭސް 1' ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް އީރާނުގެ މީޑިއާއިން ބުނެފިއެވެ.

އިނގެރޭސިވިލާތާ، ޓޭންކަރުގެ މައުލޫމާތު  ހިއްސާކުރުމަށް ފަހުގައި މިއަދު އީރާނުން ބުނެފައިވަނީ އެ ޓޭންކަރު ވަރަށް އަވަހަށް އިނގެރޭސިން ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށެވެ. 

ޖިބްރަލްތަރގެ އޮފިޝަލުންވެސް ބޭނުންވަނީ އީރާނާއި ޖެހިފައިވާ މައްސަލަ އަވަހަށް ނިންމަން ކަމަށާ އަދި އެގޮތުން ޖިބްރަލްތަރގެ އޮފިޝަލުންވެސް އެ ޓޭންކަރު ދޫކޮށްލުމުގެ ހިޔާލު ލިބިފައިވާ ކަމަށް އީރާނުގެ މީޑިއާގައި ބުނެފައިވެއެވެ. 

އިނގެރޭސިވިލާތުގެ ފޮރިން ތަރުޖަމާނުވެސް ބުނެފައިވާ ގޮތުގައި ގްރޭސް 1 ޓޭންކަރުގެ މައްސަލަ ތަހުގީގު ކުރުން މިހާރު އޮތީ ޖިބްރަލްތަރ ސަރުކާރުގެ އައްމަތީގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު