ކުޅުދުއްފުށީ މީހުންގެ އުދާސްތައް މާލީތަކާއެކު ބޭރުކޮށްލައިފި

ކުޅުދުއްފުށީ މީހުންގެ އުދާސްތައް މާލީތަކާއެކު ބޭރުކޮށްލައިފިއެވެ.

މިގޮތުން އެރަށުމީހުން ވަނީ އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުހެ ދަތިކަން ވެސް ޕެރޭޑުން ދައްކާލާފައެވެ.

އަދި މި ސަރުކާރުން ކޮންމެ ކަމަކަށް ކޮމެޓީ ހަދާކަމަށް ބުނެ އެކަމަށް ވެސް ވަނީ ފާޑުކިޔާފައެވެ.

އެގޮތުން 'ފޮޅި ފިހާތޯ ބަލާ ކޮމެޓީ' 'ފޮޅީގެ ބެލެނިވެރި ކޮމެޓީ' އަދި 'ސުޕަ ފޮޅި ކޮމެޓީ' ފަދަ ނަންތައް ޖަހާފައި ހުރި ބޯޑު ތައް ހިފައިގެން އެމީހުން މާލީ ޕެރޭޑުގަ ގެންގުޅުނެވެ.

އަދި ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެމްއާރު މެޝިނު ކަމަށް ބުނެ ކަޅު ހަމެއް އެމީހުން ގެންގުޅުނެވެ.

މީގެ އިތުރުން އިންޑިއާގެ ސޫތު ކުޅިކައިން ހައްޔަރުކޮށް އަލުން އަނބުރާ ރާއްޖެ ފޮނުވާލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލެވި ބޯޓު ވެސް އެމީހުން ދައްކާ ލިއެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުމަށް ވެސް ގޮވާލާ ވަނީ ދިރާގު އެންޓަނާއެއްވެސް ދައްކާލާފައެވެ.

ކުޅުދުއްފުށީ ކުޅި ހަލާކުކޮަލައިގެން އެޅި އެއާޕޯޓުވެސް ދައްކާލިއެވެ.

ކޮޗިން ފެރީވެސް ޕެރޭޑުގަ ދައްކާލިއެވެ. މިއީ ކުރިން އައި އެމްޑީޕީ ވެރިކަމުގައި ކުޅުދުއްފުއްޓާ ކޮޗިންއާ ދެމެދު ދުއްވާނެކަމަށް ވައުދުވި ފެރީކަމަށް އެ ރަށު މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު