ފޮޓޯ ސްޓޯރީ: ދެކުނުގެ އަތޮޅު ތަކަށް އެރި ކޮޅިގަނޑުގަ ލިބުނު ގެއްލުން

ދެކުނުގެ އަތޮޅު ތަކަށް ރޭ ވަނީ ވައިގަދަވެ ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުން ތަކެއް ވެފަ.

ޑިޒާސްޓާ މެމޭޖުމަންޓުން ބުނީ ‏މިހާރު ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ގަދަވައިގެ ސަބަބުން އައްޑޫ ސިޓީގެ 24 ގެޔަކާއި އަދި ފުވައްމުލަށް ސިޓީގެ 15 ގޭގެ ފުރާޅަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށް.

ސިފައިން ރޭ ބުނީ ގދ. ތިނަދޫ ތިން ގެއެއްގެ ފުރާޅު ވެސް އެއްލާލިކަމަށް.

ދެކުނުގެ އަތޮޅުތަގެ ބައެއް ރަށްރަށުން ގަސްތައް ވެސް ވަނީ ވެރިފަ

ސިފައިން ފުލުހުން އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން އަންނަނީ ގެއްލުންވި ރަށްރަށުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން.

ބައެއް ރަށްރަށުން ފެން ބޮޑުވެ ރޭ ވަނީ ކަރަންޓު ވެސް ކެނޑިފަ.

މުހާދިސާގަ މީހުންގެ މުދަލަށް ގެއްލުންވި ނަމަވެސް އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބޭ.

ރޭ ފަތިހު 5:00 އާ ހަމައަށް ނެރުނު ޔެލޯ އެލާޓު ގަ ބުނެފައިވާ ނީ 55 މޭލަށް ވައިގަދަވެ ގުުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް

ކިޔުންތެރިންގެ ހިޔާލު