މިފަހަރު ރާއްޖެ އައީ 'ލިބާސް އީދެއް' 

މި އަހަރު ރާއްޖެ އައީ 'ލިބާސް އީދް' އެކެވެ.

އެތައްބަޔަކު އަންނަނީ #LibaasEid ހޭޝްޓެގް ޖަހައި ސަގާފީ ހެދުންތައް މި އީދުގަ ދައްކާލަމުންނެވެ.

ބައެއް މީހުން އީދު ނަމާދަށް ދިޔައީ ވެސް ސަގާފީ ހެދުން އަޅައި ގެނެވެ.

ލިބާސް އީދު ހިންގާ ލިބާސް މޫވްމަންޓް އިން ވަނީ މިއަދު ހަވީރު މާލޭ ރަސްފަންނު އަދި ހުޅުމާލޭ ރުއްގަނޑުގަ ލިބާސް ލައިގެން އައުމަށް އެދި ފައެވެ.

ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް އަންނަނީ 'ލިބާސް އީދު' ގަ ބައިވެރިވަމުންނެވެ.

ލިބާސް މޫވްމަންޓް ފެށުނީ މިދިޔަ ޖުލައި 26 ވަނަ ދުވަހުން ފެށިގެނެވެ.

ހުޅުމާލެ ސްކޫޓު ޕާކުގަވެސް މިއަދު ހަވީރު ލިބާސް އީދު ފާހަގަ ކުރާނެއެވެ.

ދެ ޖިންސުގެ މީހުން ވެސް އަންނަނީ 'ލިބާސް އީދު' ގަ ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު